ޚަބަރު

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 30 މިލިއަން ފަހަނަ އަޅައިފި، މުޅި ދުނިޔެ ބިރުވެރި ކަމެއްގެ ތެރޭގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 30 މިލިއަނަށް ވުރެ ގިނަ ވެއްޖެއެވެ.

Ads by Sosun Fihaara

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 30,478,308 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު 30 މިލިޔަނަށް އެރި ނަމަވެސް، މިހާތަނަށް 22,164,923 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މުޅި ދުނިޔޭގައި މިހާރު ކޮވިޑަށް ފަރުވާ ދެމުން އަންނަނީ، 7,361,404 މީހުންނަށެވެ، މީގެ ތެރެއިން، 61,130 މީހުންގެ ހާލު ސީރިޔަސްއެވެ. މިއީ ބަލި ޖެހުނު މީހުންގެ 1 އިންސައްތައެވެ. އަދި 951,981 މީހަކު ވަނީ މިބަލީގައި މަަރުވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލާއިރު، އެންމެ ގިނަ މީހުން އެއްޤައުމަކުން ކޮވިޑަށް ފައްސިވެފައިވަނީ އެމެރިކާއިންނެވެ. މިގޮތުން 6,882,357 މީހަކު އެމެރިކާއިން އެކަނި ކޮވިޑަށްވަނީ ފައްސިވެފައެވެ. އަދި 202,334 މީހަކުވަނީ ކޮވިޑް ޖެހިގެން މަރުވައެވެ.

ދެވަނައަށް އެންމެ ގިނަ މީހުނަށް މިބަލި ޖެހިފައިވަނީ އަވައްޓެރި އިންޑިޔާއިންނެވެ. މިގޮތުން 5,247,627 މީހަކަށް އިންޑިޔާއިން މިބަލި ޖެހިފައިވާއިރު، ތިންވަނައިގައި އޮތް ބްރެޒިލް އިން 4,457,443 މީހަކަށް މިބަލި ޖެހިފައިވެއެވެ.

 

Ads by Ooredoo
  1. ވާނުވާ

    ބަލަ ދުނިޔޭގައިވެސް ތިބީ 7 ބިލިއަން މީހުން. ދެން ކިހިނެތް 30 ބިލިއަން މީހުން ޕޮޒިޓިވްވީ

    • ވާނުވާނު

      ބިލި އަނެއް ނޫން.. މިލިއަން.. ރަނގަޅަށް ކިޔާފަ ކޮމެންޓް ކޮށްބަލަ

      • ބިލިއަން.

        ބްރޯ ހަބަރު ތިކިޔަނީ މާލަހުން ވިއްޔަ. އެންމެ ފުރަތަމަ ލިޔެފަ އިނީ 30 ބިލިއަން. ފަހުން އެއިނީ އެކުށް އިސްލާހުކޮއްފަ.

    • ދެން މނޖ

      ދެން މީ މިކަހަލަ ތާކުންތާކުނުޖެހޭ އެއްޗެއް.
      ކޮމެންޓް ޖަހާނެބާ

  2. 30 ބިލިއަން

    ދުނިޔޭގަ ތިބީ 7.8 ބިލިއަން މީހުން