ޚަބަރު

1,467 އެކްޓިވް ކޭސް: ކުރި މަސައްކަތް ފެނަށް ނުވަނީސް ފިޔަވަޅުތަކަށް ބޯލަނބާ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިދިޔަ މަހާ އަޅާ ބަލާއިރު ރާއްޖޭގައި މި މަހު ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު މި ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ފައްސިވެފައި ވަނީ އެންމެ ދުވަހަކުއެވެ.

Ads by MWSC

ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ވީ ކަމަށް ނިންމައި އަދި ހަމަޖެހިލެވޭކަށް ނެތެވެ. ބަލި ޖެހޭ މީހުންގެ ޖުމްލަ އަދަދު އަދިވެސް އަންނަނީ އިތުރު ވަމުންނެވެ. ބަލި ފެތުރޭ މިންވަރަށް އަދިވެސް ހިފެހެއްޓުމެއް ނާދެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތުވެސް ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ 1,467 މީހުން އެބަތިއްބެވެ. މިއީ ރާއްޖެއިން ބަލި ޖެހުނު މީހުންގެ 15 އިންސައްތަ މީހުންނެވެ. އިއްޔެ އާއި ހަމައަށް މިއަދަދު ހުރީ 1422 ގައެވެ.

ކޮވިޑް19ގެ އެކްޓިވް ކޭސްތަކުގެ ތެރެއިން 142 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހާލު ބޮޑުވެ، އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުން ވެސް ހިމެނޭ ކަމަށް  އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އިއްޔެ ވެސް ރާއްޖެއިން އިތުރު 74 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ މީގެ ކުރިޔާއި އަޅާބަލާއިރު ދަށް އަދަދެކެވެ. ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 37 ބިދޭސީއެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 9,568 އަށް އަރާފައެވެ.

އުމުރުފުރާއަށް ބަލާލާއިރު، އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އަންހެންނަށް ވުރެ ގިނައިން ފިރިހެނުންނަށް ކޮވިޑް ޖެހިފައިވާކަން ފާހަގަ ކޮށްލެއެވެ. މިގޮތުން، ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ 69.58 އިންސައްތަ އަކީ ފިރިހެނުންނެވެ.

ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 8,068 މީހެކެެވެ. އަދި މިހާތަނަށް މި ބަލީގައި 33 މީހަކު ރާއްޖެއިން ނިޔާވެފައި ވެއެވެ.

 

 

Ads by HDC
  1. ސޮމެޮނެ

    އިއްޔެ ތިއޮތީ ޑުރޯ ވެފަ…