ޚަބަރު

އަމާޒަކީ 2021 ވަނަ އަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުން: މިނިސްޓަރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަމާޒަކީ 2021 ވަނަ އަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުން ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރު މިހެން ވިދާޅުވީ "ސީއެންއެމް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިންތިހާއަށް ހީނަރުވެ، އިޤްތިސާދަށް ބޮޑެތި ގެއްލުން ލިބެމުން އަންނަ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މި އިޤްތިސާދީ މި އަޑިގަނޑުން އަރައިގަނެ ލިބުނު ގެއްލުންތައް ފޫބެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ސޭފް ޓްރަވެލް ސްޓޭމްޕްގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮވިޑް ހާލަތު އޮތްގޮތުން ކޮވިޑް ފެތުރެމުން އަންނަނީ މާލޭގައި ކަމަށާއި، އަދި އެނޫން ހިސާބެއްގައި ނުފެތުރޭ ކަން ގިނަ ބަޔަކަށް ދަންނަ ކަމަށެވެ. ނަމަވެސް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދަށް ބަލާއިރު ރާއްޖެ އޮތީ"ރެޑް އެލާޓް" ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސޭފް ޓްރަވެލް ސްޓޭމްޕް ލިބިގެން ދިއުމާއެކު ރާއްޖޭގެ ހާލަތު "ގްރީން އެލާޓް" އަށް ބަދަލުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު އަލުން ފަތުރުވެރިކަމަށް ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 12000 އެއްހައި ފަތުރުވެރިންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!