ދުނިޔެ

ސަލްމާން ރަސްގެފާނު ހުންނެވީ ފަލަސްތީނާއި އެއްކޮޅަށް، ނަމަވެސް ވަލީ އަޙްދު ބޭނުންވަނީ އިޒްރޭލާއި ގުޅުން ބަދަހި ކުރަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލާ ފަލަސްތީނުގެ މައްސަލައިގައި ސައުދީ ޝާހީ ޢާއިލާގައި ދެބަސްވުންތަކެއް އުފެދިފައިވާކަން ފެންމަތިވެއްޖެއެވެ. އެގޮތުން ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިދެބަސްވުންތައް އުފެދިފައިވަނީ ވެސް ޚުދު ސަލްމާން ރަސްގެފާނާއި ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން އާއި ދެމެދުގައެވެ.

Ads by WAMCO

އިޒްރޭލާއެކު ޢަރަބި ބައެއް ޤައުމުތަށް ކަމަށްވާ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އާއި ބަހްރޭނުން ގުޅުން ބަދަހި ކޮށްފައިވާއިރު، މިހާރު ގިނަ ބައެއްގެ ސުވާލު އުފެދިފައިވަނީ ޢަރަބި ޤައުމުތަކުގެ ރަސްކަން ހިންގަވާ ސައުދީ ޢަރަބިއާ އިން ނިންމަވާނެ ގޮތަކާއި މެދުގައެވެ.

ފަލަސްތީނަކީ މިނިވަން ޤައުމެއް ކަމުގައި ވާން ޖެހޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ޢަރަބީން އިޒްރޭލު ބޯއިކޮޓް ކުރަން ޖެހޭނެ ކަމަށް ސަލްމާން ރަސްގެފާނު ވަނީ މީގެ ކުރިން ވެސް ޤަބޫލުފުޅު ކުރައްވާފައެވެ.

ނަމަވެސް ވަލީ އަޙްދުގެ މުޙައްމަދު ބިން ސަލްމާންގެ ވިސްނުންފުޅު ހުރީ އެއާ ޚިލާފަށް ޔަހޫދީ އިޒްރޭލުންނާ ސައުދީން ގުޅުން ބަދަހި ކުރުމަށެވެ. އޭނާ ދެކޭ ގޮތުގައި އެއީ ސައުދީގެ ކުރިއެރުމަށް ވަރަށް ވެސް މުހިންމު ކަމެެކެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޔޫއޭއީން އިޒްރޭލާއެކު ގުޅުން ބަދަހި ކޮށްފިކަން ސަލްމާން ރަސްގެފާނު އަޑު އެއްސެވީ ނުހަނު ހައިރާން ކަމާއެކުގައެވެ. ނަމަވެސް އެމަނިކުފާނުގެ ދަރިކަލުންނަކަށް އެޚަބަރުން މާބޮޑު ހައިރާންކަމެއް ލިބިވަޑައެއް ނުގަންނަވައެވެ.

އުމުރުފުޅު 84 އަހަރުގެ ސަލްމާން ރަސްގެފާނު މިވަގުތު ހުންނެވީ ޗުއްޓީއެއްގައެވެ. ނަމަވެސް މުޙައްމަދު ބިން ސަލްމާން އާއި ދެބޭފުޅުން އިޒްރޭލާ ފަލަސްތީނުގެ މައްސަލައިގައި ދެބަސްވަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

Ads by Ooredoo
  1. ވަލީއަހުދަށް ރިޒުގު ދެއްވަނީ ފައިދާ ކޮއްދެނީ އިޒުރޭލުން ކަމަށް ވާނަމަ އެ އަޅާ ފިޔަވަޅު ރަނގަޅު ވެދާނެ. ދެން ކީއްކުރާނީ އިސްލާމީ މުގައްދަސް ތަންތަނުގެ އިސްމީހުންގެ އަޤީދާގެ ދޯދިޔާކަން ދޯ