މުނިފޫހިފިލުވުން

ތިޔަ އުޅެނީ ހަމަ "ދިލްކަ ދަރިޔާ" ގެ ދިވެހި ލަވަ ނުފެނިގެންތަ؟ އެކަމެއް ނުވިޔޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމު "ކަބީރް ސިންގް" ގެ އެންމެ ރީތި އެއް ލަވަ އަކީ "ދިލްކަ ދަރިޔާ" އެވެ. އެ ލަވައަކީ ގިނަބަޔަކު އަޑު އަހާ ލަވައެކެވެ. ގިނަ ދިވެހިންނެއްގެ ވެސް "ފޭވަރިޓެކެވެ".

Ads by MWSC

ދާދި ފަހަކުން ދިވެހި ޒުވާން ލަވަކިޔުންތެރިއަކު މިވަނީ އެލަވައިގެ ދިވެހި ލަވައެއް ރިކޯޑްކޮށް އާންމުންނަށް ދޫކޮށްލާފައެވެ. މި ލަަވައަށް ގިނަބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. އަދި ހަމަ އެހެންމެ 11 އޯގަސްޓުގައި ނެރުނު މި ލަަވަ ވަނީ މީސްމީޑިއާގައި ވަރަށް އާންމުވެފައެވެ. އެގޮތުން ފޭސްބުކާއި ޓިކްޓޮކްގައި މި ލަވަ ވަނީ ވަރަށް ބޮޑަށް މަޝްހޫރު ވެފައެވެ.

ކޮންމެއަކަސް މި ލަވަ ނިކުތްތާ މަހަކަށްވުރެ ގިނަ ދުވަސް މިހާރު މިވަނީ ވެފައެވެ. މި ލަަވައިގެ ވާހަކަ މާ ގިނަ ބަޔަކު ދައްކާތީ މިހާރު އަޑެއް ނީވެއެވެ. ނަމަވެސް އިއްޔެ މީސްމީޑިއާގައި ވަނީ މި ލަވަ ނުފެނިގެން އުޅުނު ބަޔަކު ވާހަކަ ދައްކާފައިވާ ޗެޓުތަކެއްގެ "ސްކްރީންޝޮޓް" ތަކެއް އާންމު ވެފައެވެ.

އާންމުވި ސްކްރީންޝޮޓްތަކުގައި ދިލްކަ ދަރިޔާގެ ދިވެހި ލަވަ އަކީ ކޮބައިކަން އެނގޭތޯ އެކަކު ސުވާލު ކުރެއެވެ. ދެ އަަންހެން ކުއްޖެއްގެ ދޭތެރޭގައި ދެކެވުނު މި ވާހަަކައިގައި ދިލްކަދަރިޔާގެ ދިވެހި ލަވައަކީ ކޮބައިތޯ އެކަކު ސުވާލު ކުރުމުން އަނެކަކު ޖަވާބުގައި ބުނަނީ "އެކަމެއް ނުވިޔޭ" މިހެންނެވެ. އެގޮތަށް ޖަވާބު ދިނުުމުން ސުވާލު ކުރި ކުއްޖާގެ ސުވާލަކަށް ވީ ކޮންކަމެއް ނުވީ ތޯއެވެ. އެހެން ކަމުން ކޮންކަމެއް ނުވީތޯ އަނެއްކާވެސް ސުވާލު ކުރިއެވެ. މި ދެމީހުންގެ ވާހަކަ ނިމުނު އިރު ހަގީގަތުގައި ޖަވާބު ދިން ކުއްޖާ ދެއްކީ ކަމެއް ނުވެގެން އުޅޭ ވާހަކައެއް ނޫނެވެ. އޭނާ ބުނީ އެ ލަވައަށް ކިޔާ ނަމެވެ.

އާނއެކެވެ. ތިޔަ ހީކުރެވެނީ ރަނގަޅަށެވެ. ޒުވާން ލަވަކިިޔުންތެރިޔާ ތިޔަ އެންމެހާ އެހުންތެރިންނަށް ދޫކޮށްލި ދިލްކަދަރިޔާގެ ދިވެހި ލަވައިގެ ނަމަކީ "އެކަމެއް ނުވިޔޭ" އެވެ. މި ލަވައިގެ ޅެން ވަރަށް ވެސް ހިތާމަވެރިއެެވެ. އެކުގައި އުޅުނު ލޯބިވެރިޔާ ބޭވަފާތެރިވެ ދޫކޮށް ދިއުމުން އޭނާ ހަނދާން ނައްތާލަން ބޭނުންވެފައިވާކަން މި ލަވައިގައި ބުނެދެއެވެ. ނަމަވެސް ހަނދާން ނައްތާލަން އުޅުނު ނަމަވެސް ހަމަ އެކަމެއް ނުވިއެވެ.

މި ލަވައިގެ ޅެން ހަދާފައި ވަނީ ފޭސް ބުކްގައި މަޝްހޫރު "ތަރުވާޒެވެ." އަދި މި ހިތްގައިމު ލަވައިގެ އަޑުގެ ވެރިއަކީ ކުރިއަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ މުޙައްމަދު ޝިފާއު އެވެ.

މި ލަވަ ސައުންޑްކުލައުޑުން ވެސް އަޑު އެހޭނެއެވެ. މި ލަވައަށް މިހާތަނަށް 40000 އާ ކައިރިކުރާ އަދަދަކަށް މީހުން ވަނީ ސައުންޑް ކުލައުޑް އިން އަޑު އަހާފައެެވެ. އަދި ލަވަފޮށީގައި ވެސް މިލަވަ ދަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުންނެވެ. ޔޫޓިއުބުން ވެސް މިލަވަ އަޑު އަހާލެވޭނެއެވެ. އަވަހަށް "Ekameh Nuviyey" މިހެން ޖަހާ ސާޗު ކޮށްލާށެވެ.

https://on.lavafoshi.mv/songs/8108

މިލަވަ އެއްފަހަރު އަޑުއަހައިފިނަމަ ދެވަނަ ފަހަރަށްވެސް އަޑުއަހަން ބޭނުންވާނެ ކަމާމެދު ޝައްކެތް ނެތެެވެ. އަވަހަށް އަޑު އަހާލާށެވެ. މިހާރު ދިލްކަދަރިޔާގެ ދިވެހި ލަވަ ނުފެނިގެން އުޅޭކަށް ނުޖެހޭނެއެވެ.

Ads by Allied Insurance
  1. އަޝްރަފް ޢަލީ

    ލިޔުން ގެނެސްދީފައިވާ ލެއް ކުރުވެފައި ރަނގަޅު
    ލަވަ ކިޔުންތެރިޔާގެ އަސަރުގަދަ ކިޔުމުން މި ލަވަޔަށް ބޮޑަށް ސަމާލުކަން ދަމައިގަތީ.
    ޅެމުގައި ހުރީ ފިތުރީ އިހުސާސްތަކެއް.
    ތަފާތު ފޭރާމެއްގައި ލަވަޔަަށް ސަމާލުކަން ދެވޭ މި ލިޔުމުން.
    މުނިފޫހިފިލާ މިފަދަ ލިޔުންތައް ގިނަވުން ވ މުހިންމު