ޚަބަރު

ސްޓިކާ ޖޫރިމަނާގެ ސަބަބުން އެތަކެއް ޒުވާނުން ކައިވެނި ނުކުރެވިފަ އެބަތިބި. ލަދުގަނެބަލަ! : ޝުޖާއު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސްޓިކާ ޖޫރިމަނާގެ ސަބަބުން އެތަކެއް ދިވެހި ޒުވާނުންނަށް ކައިވެނި ނުކުރެވިފައި އެބަ ތިބި ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު ދާދި ފަހުން ފުލުހުން ސައިކަލެއްގައި ސްޓިކާ ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމު ވެފައެވެ. އަދި އެސައިކަލަކީ ވެރިމީހާގެ ގޭގައި ޕާކުކޮށްފައި ވާ ސައިކަލަކަށް ވާއިރު، އެ ސައިކަލުގައި ސްޓިކާ ޖަހަން މެދުވެރިވި ސަބަބެއް އެއްވެސް ގޮތަކަށް ނުވިސްނުނު ކަމަށް ވެސް އެސައިކަލުގެ ވެރިފަރާތް ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވަނީ، ހުޅުމާލޭގައި ރައްޔިތުން ހިނގާބިނގާވެ އުޅޭ ސަރަހައްދުތަކުގައާއި، ސައިކަލު ޕާކުކުރުން މަނާ ސަރަހައްދު ތަކުގައި ޕާކު ކުރުމުގެ ސަބަބުން ސައިކަލުތަކުގައި ސްޓިކާ ޖަހާފައި ވާނެ ކަމަށެވެ.

ދާދި ފަހަކުން އާންމު ވެފައިވާ ވީޑިއޯ އާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ އެ ސަރަހައްދުތަކަކީ މީގެ ތިންމަސް ކުރިން އެއްގަމު ދުއްވާ އުޅަނދުތައް ވަނުން މަނާ ކުރެވިފައިވާނެ ސަރަހައްދުތަކެއް ކަމަށާއި، އެކަން އެނގޭ ގޮތަށް ބޯޑެއް ވެސް ހަރުކުރެވިފައި ވާނެ ސަރަހައްދެއްކަން ވެސް ފުލުހުން ފާހަގަ ކުރިއެވެ. އަދި މިކަން އެ ސަރަހައްދުގައި ދިރިއުޅެމުން ދާމީހުންނަށް ވެސް އަންގާފައި ވާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ރޭގެ ވަގުތެއްގައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ޒުވާނުންގެ ބޮލަށްޗިޕުޖަހަން އެމްޑީޕީން ގެންގުޅުނު ފޯމިއުލާ ދެން ނުހިނގާނެ ކަމަށާއި، ދިވެހި އެތަކެއް ޒުވާނުން ސްޓިކާ ޖޫރިމަނާގެ ސަބަބުން ކައިވެނި ނުކުރެވިފައި އެބަ ތިބި ކަމަށެވެ.

 

ޝުޖާއު މިހެން ވިދާޅުވެފައި ވާއިރު އިދިކޮޅުން ސަރުކާރާއި ދެކޮޅަށް ގިނަ ހަޅުތާލުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ހަޅުތާލުތަކުން ހައްޔަރު ކުރެވުނު އެންމެންގެ އަތުން ވެސް ވަނީ ޖޫރިމަނާ ނަގާފައެވެ.

  1. ޔާނު

    ޔާމީނު ސަރުކާރުގަވެސް ވީ ގޮތް ތަފާތުކަމެއް ނެތް މިޔަކު