ދުނިޔެ

6 މަހަށް ފަހު ތާޖް މަހަލް ހުޅުވާލައިފި، ހުންނަން ޖެހެނީ 6 ފޫޓު ދުރުގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގެ އެންމެ މަޝްހޫރު ބިނާ، ތާޖު މަހަލް، ހަ މަސްދުވަހުގެ ބަންދަކަށް ފަހު އަލުން އާންމުންނަށް ހުޅުވާލައިފި އެވެ.

Ads by WAMCO

ތާޖް މަހަލް ހުޅުވާލި ނަމަވެސް ޒިޔާރަތް ކުރެވޭނީ ކޮންމެ ދުވަހަކު ވެސް، ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ. އެގޮތުން ދުވާލަކު މިހާރު ހުއްދަ ދެނީ 5،000 މީހުންނަށެވެ. މީގެ ކުރިން ކުރިން އެވްރެޖްކޮށް ދުވާލަކު 70،000 މީހުން ތާޖް މަހަލްއަށް ޒިޔާރަތް ކުރެއެވެ.

ކޮވިޑްއާ ގުޅިގެން ތާޖު މަހަލް ބަންދު ކުރުމަށް ފަހު އަލުން ހުޅުވި ނަމަވެސް، ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މިގޮތުން ތާޖު މަހަލްއަށް ވަނުމުގެ ކުރިން ކޮންމެ މީހެއްގެ ވެސް ހުން މޮނިޓަރ ކުރެއެވެ. ހުން އައިސް ރޯގާ ޖެހި، އެފަދަ އެއްވެސް ކަމެއް ވާނަމަ ސެކިއުރިޓީ ގޭޓަކުން އެތެރެއެއް ނުވެވޭނެއެވެ. އަދި ކުރިން ކަރުދާސް ޓިކެޓް ނަގައިގެން ތާޖް މަހަލްއަށް ވަންނަ ވަނުން މިހާރު ވަނީ ޑިޖިޓަލްކޮށްފައެވެ. އަދި ގްރޫޕް ފޮޓޯ ނެގުން މަނާކޮށް، ތާޖް މަހަލް ތެރޭގައި އުޅޭއިރު، ދެމީހުން ދެމެދު 6 ފޫޓް ހުންނަން ޖެހޭ ގޮތަށް ޤަވާއިދެއް ވަނީ އެކުލަވާލާފައެވެ.

ފަހުގެ ތާރީޚެއްގައި ތާޖު މަހަލް ބަންދު ކުރި މިއީ ފުރަތަމަ ފަހަރެެވެ. އެންމެ ފަހުން ތާޖް މަހަލް ބަންދުކުރީ، އެ ބިނާ ހުރި އާގަރާގައި ފެން ބޮޑުވުމުގެ ސަބަބުން 1978 ގައި، ކުޑަ ދުވަސްކޮޅަކަށެވެ. އޭގެ ކުރިން 1971 ގައި ޕާކިސްތާނާއި އިންޑިއާއާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ވެސް، ކުޑަ ދުވަސްކޮޅަކަށް ބަންދުކުރި އެވެ.

އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލް އިމާރާތް ކުރީ 17 ވަނަ ގަރުނުގައި މުގާލްގެ ރަސްކަމުގައި ރާނީ މުމްތާޒް މަހަލްގެ ލޯބީގެ ރަމްޒެއްގެ ގޮތުގައި ޝާހް ޖަހާނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރަކު 8 މިލިއަން މީހުން ތާޖް މަހަލް އަށް ޒިޔާރަތްކުރެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!