ދުނިޔެ

ކޮވިޑް19: އިއްޔެ އެންމެ ގިނަ މީހުން މަރުވީ ވެސް އަދި މިބަލި ޖެހުނީވެސް އިންޑިއާއިން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 74,493 މީހަކު މިބައްޔަށް ފައްސިވެ، 1056 މީހަކު މަރުވެއްޖެއެވެ.

Ads by WAMCO

މިއާއެކު އިންޑިއާއަކީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެއިން ވެސް މިބަލިން އެންމެ ގިނަ މީހުން މަރުވި، އަދި އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމެވެ.

ކޮވިޑް-19ގެ ތަފާސްހިސާބު އާއްމު ކުރާ ވެބްސައިޓް ވޯލްޑޯމީޓަރގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައިވެސް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އިތުރު އެތައް ހާސް ބަޔަކު ފައްސިވެ އިންޑިއާގެ ހާލަތު ގޯސްވެފައި ވާއިރު، އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5,560,105 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 3.7 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 976,420 މީހަކަށެވެ. އޭގެތެރެއިން 8000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޤައުމުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު އެތައް ސަތޭކަ ބަޔަކު ހިމެނޭހެން، މިހާތަނަށް ޖުމްލަ 88,965 މީހަކު ވަނީ މަރުވެފައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެނީ މިދިޔަ މެއި މަހުން ފެށިގެންނެވެ.

Ads by Allied Insurance
  1. ކަނބުލޮ

    ތި މޯދީ އަކީ ކީއްކުރެވޭ މީހެއް. ގެރީގެ ގޮރު އެކަނި ބޮވެނީ. ކިތައް ފުރާނަ މަރުވެގެން އެ ދިޔައީ. ކީއްވެތަ އެވާހަކަ ނުދައްކަނީ.