މުނިފޫހިފިލުވުން

ސުޝާންތު މަރުވުމުގެ 5 ދުވަސް ކުރިން ދައްތަ އަށް ކުރި ކޯލް؛ " އަަހަރެން މަރާލަފާނެ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑުގެ ތަރި ސުޝާންތު ސިންގ ރާޖްޕޫތުގެ މަރުވުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ބަޔަކު ސުޝާންތު އަށް ބިރު ދެއްކި ކަން ހާމަވެއްޖެއެވެ.

Ads by MWSC

ޖޫން މަހުގެ 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ސުޝާންތުގެ މަރުގެ ވާހަކަތައް އެކި ގޮތްގޮތަށް ދެކެވެމުން އަންނައިރު އަނެއްކާ ވެސް މިވަނީ އާ ވާހަކައެއް ފެންމަތިވެފައެވެ.

އެގޮތުން އިންޑިއާގެ ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސުޝާންތު މަރުވުމުގެ ކުރިން، ޖޫން މަހުގެ 9 ވަނަ ދުވަހު ވަނީ އޭނާގެ ލޯބިވެރިޔާ އަށް ގުޅުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ރިއާ ސުޝާންތު ގެ ނަންބަރު ބްލޮކް ކޮށް އެއްވެސް ކޯލަކަށް ޖަވާބުދީފައެއް ނުވެއެވެ.

އަދި ރިއާ އަށް ނުގުޅުމުން ސުޝާންތު އޭނާގެ ދައްތަ އަށް ގުޅައި ވަރަށް ބިރުގަނެފައި ހުރެ ވާހަކަ ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން "އެމީހުން އުޅެނީ އަހަރެންގެ ބޮލުގައި އެކަން އަޅުވަން" އަދި "އެމީހުން އަހަރެން މަރާލަފާނެ" މިފަދަ ވާހަކަތައް ދައްކާފައިވާ ކަން ކޯލް ރެކޯޑިން ތަކުން ހާމަވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ވާހަކަތައް ފެންމަތިވެފައިމިވަނީ ސުޝާންތު މަރުވިތާ ތިން މަސް ފަހުންނެވެ. ސުޝާންތު މަރުވެފައި އޮއްވާ ފެނިފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާގެ އެޕާޓްމެންޓު ތެރޭގައެވެ.

 

Ads by HDC
  1. ކުޑަކާށި

    މިކޮންސުސާންތެއްތޯ ؟ މިއީ ހަމަދިވެހިންނަށް އެހާމުހިންމު ސަހްސިއްޔަތެއްބާ 20/30 އަހަރުވަންދެން ކޮންމެދުވަހުކު މީނާމަރުވިގޮތް ލިޔަންޖެހޭ ސަބަބަކީކޮބައިތޯ ؟ މިކަހަލަ ފަރަންޖީންގެ ވާހަކަ އަބަދު ލިޔަންނުޖެހޭނެ ………….

    • ހައި

      އަޖައިބެއް ދެން ނުކީމަ ވީ އެެއްނު. މިކަންތައްތައްވެސް އެނގެން ބޭނުންވާ މީހުން ތިބޭ.

  2. ބޮޑުކާށި

    ބޭރުދުނިޔޭގެ ޙަބަރުތައް މުހިއްމު، މި ޙަބަރުތަކަކީ ދިވެހިން ތަހުގީގު ކޮށްގެން ގެނެސްދޭ ހަބަރުތަކެއް ނޫން. މީ ބޭރުގެ ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް ލިޔެފައި ހުންނަ ހަބަރު، ތަންދޮރު އޮޅުންފިލުވައިގެން މިކަންކަމާ އުޅުމުން ސޯޓެއް ނުބޭލޭނެ.