ދުނިޔެ

މިދިޔަ މަހު އެކަނިވެސް އިންޑިޔާއިން 4.9 ބިލިޔަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިޔާއާއި ޗައިނާއަކީ އިޤްތިޞާދީ ގޮތުން ވާދަވެރި ދެ ޤައުމު ކަމަށް ވީ ނަމަވެސް، އިންޑިއާ ފާހަގަ ވެގެން ގޮސްފައި ވަނީ ދުނިޔޭގެ އެހެން ގިނަ ޤައުމުތައް ފަދައިން ޗައިނާއިން ގިނަ އަދަދަކަށް މުދާ އެތެރެކުރާ ޤައުމަކަށެވެ.

Ads by WAMCO

ކޮވިޑްގެ ސަބަބުން އިންޑިއާގެ އިޤްތިޞާދު މިހާރު ވަރަށް ނާޒުކު ދަނޑިވަޅެއްގައި އޮތްއިރު، އިންޑިއާގެ ޕްރަޑަކްޝަން ލެވެލް މިހާރު އޮތީ ވަރަށް ދަށުގައެވެ. ކޮވިޑް ގެ ސަބަބުން ގިނަ ފެކްޓްރީތަކެއް ބަންދުކޮށްފައި ހުރިއިރު، އިންޑިއާގައި މީގެ ކުރިން އުފައްދަމުން ދިޔަ ބައެއް މުދާ މިހާރު ޖެހެނީ އެހެން ޤައުމުތަކުން އެތެރެކުރާށެވެ.

އިންޑިއާއިން މިއަހަރު އޭޕްރީލް މަހުން ފެށިގެން އޯގަސްޓް މަހާއި ހަމައަށް ޖުމްލަ 21.58 ބިލިޔަން ޑޮލަރުގެ މުދާ ޗައިނާއިން އެކަނިވެސް އެތެރެކޮށްފައި ވެއެވެ. އަދި މިދިޔަ އޯގަސްޓް މަހު އެކަނިވެސް، 4.9 ބިލިޔަން ޑޮލަރ ގެ މުދާ އެޤައުމުން ޗައިނާއިން ވަނީ އެތެރެކޮށްފައެވެ.

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ދަށު ގެޔަށް ފޮނުވި ރިޕޯޓްގައި އެޤައުމުގެ އެކްޕޯޓް އިންޕޯޓް މިނިސްޓަރ ވިދާޅުވެފައިވަނީ، މި ސެޕްޓެންބަރ މަހު ފުރަތަމަ 10 ދުވަހު އިންޑިއާގެ އެކްޕޯޓް ރަނގަޅު ކަމަށެވެ. އަދި ޗައިނާއަކީ އިންޑިއާގެ، "މޯސްޓް ފޭވާޑް ނޭޝަން" އެންމެ ބޮޑަށް ބަރޯސާވާ ޤައުމު، ގެ ގޮތުގައި އޮތް އޮތުން ނިމުމަމަށް ގެންނަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އަދި ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް ޖެހިފައިވާ ޤައުމަކީ ވެސް އިންޑިއާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!