ޚަބަރު

މޫސުން ގޯސް! ކަނޑުދަތުރު ކުރުމުގައި ސަމާލުވޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ގޯސް ކަމަށާއި ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފިއެވެ.

Ads by STELCO

އެމްއެންޑީއެފުން މިފަދައިން އިލްތިމާސް ކޮށްފައިވާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން މިރޭ ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ 21:00 އިން ދަންވަރު 2:00 އާއި ހަމައަށް ހއ. އަތޮޅުން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވާއިރު، 26 މީހުންނާއެކު މިރޭ ދަތުރުކުރި އެމްޓީސީސީގެ ލޯންޗެއް ކ. ކޮއްދިއްޕަރު ކައިރީގައި އޮތް ފަރަކަށް އަރާފައި ވެސް ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!