ޚަބަރު

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 85 އިންސައްތަ މީހުން ރަނގަޅު ވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 85 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިހާތަނަށް ފައްސިވި 9،818 މީހުންގެ ތެރެއިން 8،438 މީހުން ވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 85.9 އިންސައްތައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިގެން ނިޔާވެފައި ވަނީ 34 މީހުންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 674 މީހުން ފަރުވާ ހޯދަމުން އަންނައިރު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 92 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

އިއްޔެ ވެސް ރާއްޖެއިން ވަނީ 48 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އެއީ 28 ދިވެހިންނާއި 20 ބިދޭސީންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުން މަދުވެ، ބަލިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!