ކުނި ނައްތާލާ މެޝިނަކަށް އެރި އުޅުނު ވެމްކޯގެ މުވައްޒަފަކަށް އަނިޔާވެއްޖެ

ސ.ހުޅުދޫގައި ކުނި ނައްތާލާ މެޝިނަކަށް އެރިއުޅެނިކޮށް ވެމްކޯގެ މުވައްޒަފެއްގެ ފަޔަށް އަނިޔާ ވެއްޖެއެވެ.
ހުޅުދޫގެ ކައުންސިލަރ އިބްރާހިމް ޝުކުރީ "ދެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ވެމްކޯގެ މުވައްޒަފަކު ކުނި ނައްތާލާ މެޝިނަކަށް އެރި އުޅެނިކޮށް އަނިޔާވެފައިވާ ކަމަށެވެ.
އެހާދިސާ ހިނގައިދިޔަ ގޮތް ކިޔައި ދެމުން ޝުކުރީ ވިދާޅުވީ މެޝިން ތެރެއަށް އެރި ހުރި މީހާގެ ގާތުގައި އެހީތެރިއަކު ވެސް ހުރި ކަމަށެވެ. މެޝިން ތެރެއަށް އެރި ހުރި މީހާ މެޝިން ނުޖައްސައްޗޭ ބުނި ކަމަށާއި ނަމަވެސް އެހީތެރިވާން ހުރި މީހާއަށް އިވުނީ ޖައްސާށޭ ބުނި އަޑުކަމަށް ވެސް ޝުކުރީ ވިދާޅުވިއެވެ. އަދި އެހެން އަޑުއިވުމުން އެ ހާދިސާ ހިނގީ އެމީހާ އެ މެޝިން ޖެއްސުމުން ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
އެ މުވައްޒަފުގެ ފައި ވަަރަށް ބޮޑަށް ފިިތި ފަޔަށް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އެ ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އެރަށުގެ ސިއްހީ މަރުކަޒަށް ގެންދެވިފައި ކަމަށް ވެސް ޝުކުރީ މައުލޫމާތު ދެެއްވިއެވެ.