ސިއްޙަތު

ޒައިތޫނި ތެޔޮ: އިސްތަށިފޭބުން ހުއްޓުވައިދީ ހަންގަނޑު އޮމާން ކޮށްދިނުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޒައިތޫނި ތެލަކީ ގިނަ ބަޔަކު ކެއްކުމަށް ވެސް ބޭނުން ކުރާ ތެލެކެވެ. އެހެން ނަމަވެސް ކެއްކުމުގެ އިތުރުން ސިއްޙަތާއި ގުޅޭ އެތައް ފައިދާ ތަކެއްވެސް ޒައިތޫނި ތެލުން ލިއްބައިދެއެވެ. ޒައިތޫންޏަކީ ވެސް ރަހަ ނުބައިކަމުގައިވީ ނަމަވެސް ސިއްޙަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ.

Ads by STELCO

ޒައިތޫނި ތެލަކީ އިންސާނާގެ އަތްތިލައާއި ފައިތިލަ އަށް ގިނަ ފައިދާތަކެއް ކޮށްދޭ ތެލެކެވެ. ގިނަފަހަރަށް އަތްތިލައާއި ފައިތިލަ މާބޮޑަށް “ޑްރައި” ވެފައިވާ ކަން ފާހަގަވޭ ހެެއްޔެވެ؟ ޒައިތޫނި ތެލަކީ ތިކަމަށް ނިމުމެއް ގެނެސްދޭނެ އެއްޗެއްކަން ގައިމެވެ. ބަލާލަން ވެސް ރީތި ވާނެ އެވެ.

މިޒަމާނުގައި ވަރަށް ގިނަ ބަޔަކު ކުރިމަތިލަމުން އަންނަ ގޮންޖެހުމަކީ ބޮލުން އިސްތަށި ފޭބުމާއި ބޮލުން ހަންފޮޅުމެވެ. ހާސްނުވާށެވެ. ޒައިތޫނި ތެޔޮ ކޮޅަކުން އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅާލާށެވެ. އަދި އުނގުޅާލާއިރުގައި ތަލައިގައި ވެސް ރަނގަޅަށް ހޭކޭނެހެން އުނގުޅާށެވެ. އެހެންނޫނީ ފެންވަރަށް ވަދެ ޝޭމްޕޫއާއި އެކު ކުޑަ މިންވަރެއްގެ ޒައިތޫނި ތެޔޮ ފޮދެއް އަޅާލުމަށް ފަހު ބޭނުން ކޮށްލާށެވެ. މައްސަލަ ހައްލުވީއެވެ.

ގިނަ އަންހެން ވެރިން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެކު ޒާތްޒާތުގެ ކުރީމުތައް އުނގުޅާ ހަދާ މަންޒަރު ފެނެއެވެ. އެހެންނަމަވެސް ގުދުރަތީ ޒައިތޫނި ތެޔޮ ހުއްޓާ ކީއްކުރަން އުނގުޅާ ކުރީމެއް ހެއްޔެވެ؟ އެ އުނގުޅާ ކުރީމުތަކާއި ޚިލާފަށް މި ތެލުގައި އެއްވެސް ބާވަތެއްގެ ކެމިކަލެއް ނުހުންނާނެއެވެ. ނަމަވެސް ހަންގަނޑު މަޑު ކޮށްދީ އެތައް ގުނައެއް ރީތި ކޮށްދޭނެއެވެ.

ހަމައެފަދައިން ތުންފަތް ހިކޭތީވެސް އެކި ޒާތްޒާތުގެ ކުރީމުވެސް އުނގުޅައެވެ. ނިކަން ޒައިތޫނި ތެލުގެ އަޖުމަ ބަލާލާށެވެ. އެހެން ކުރީމެއް އުނގުޅާކަށް ވެސް ބޭނުމެއް ނުވާނެކަން ޔަގީނެވެ. ތުންފަތް ހިކުމުގެ އިތުރުން ރީތިކޮށް ބެހެއްޓުމަށް ޒައިތޫނި ތެޔޮ ގިނަ ގުނަ އެހީ ތަކެއް ވެދެއެވެ.

މިހެންގޮސް އެތައް ކަމެކެވެ. ޒައިތޫންޏާއި ޒައިތޫނި ތެލަކީ ބޭނުން ނުކޮށް ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. މިހާރު މަގުމަތިން ފެންނަމުންދާ “ޖޮގިން” އަށް ނިކުމެ އުޅޭ މީހުނަށް ވެސް ޒައިތޫނި އަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އަދި ކާނާ ތައްޔާރު ކުރާއިރުގައި ޒައިތޫނި ތެޔޮ ބޭނުން ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ޒައިތޫނި ތެލަކީ ހަމަ ދެވަނައެއް ނެތް އެއްޗެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!