ޚަބަރު

ޓެސްޓް ކިޓްތަކުގައި މައްސަލަ އުޅޭ ވާހަކަ އައިޖީއެމްއެޗުން ދޮގުކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ފޮޓޯ: ރާއްޖެެއެމްވީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ހަދަމުން ގެންދާ ޕީސީއާރު ޓެސްޓް ކިޓްތަކުގައި މައްސަލަ އުޅޭ ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށް އެ ހޮސްޕިޓަލްގެ ނެޝަނަލް ރިފަރެންސް ލެބޯޓަރީން ބުނެފިއެވެ.

Ads by MWSC

އައިޖީއެމްއެޗްގެ ސީނިއަރ ލެބޯޓްރީ ޓެކްނޮލޮޖިސްޓް ފާތިމަތު އިބްރާހިމް ވިދާޅުވެފައި ވަނީ އެއްވެސް އަލާމާތެއް ނެތި ނެގޭ ރެންޑަމް ސާމްޕަލްތަކުން ވެސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން ދަނީ ޓެސްޓް ކިޓް ތަކުގައި މައްސަލައެއް އުޅެގެން ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ކިޓްތައް ބޭނުން ކުރަމުން ދަނީ ވެލިޑޭޓް ކޮށްފައި ކަމަށެވެ.

ޓެސްޓް ކުރިއަށް ގެންދާ ގޮތާއި ގުޅިގެން ފާތިމަތު އިބްރާހީމް ވިދާޅުވީ ޓެސްޓް ކިޓްތަކުގެ 40 ސާމްޕަލް ނަގާ އޭގެ ޓެސްޓްތައް ކުރިއަށް ގެންގޮސް ނަތީޖާ އެދެވޭ ގޮތަކަށް ދެއްކުމުން ނޫނީ ޓެސްޓްތައް ކުރިއަށް ނުގެންދާ ކަމަށެވެ. އެހެން ކަމުން ޓެސްޓް ކިޓްތަކުގައި މައްސަލައެއް ނޫޅޭނެ ކަމަށް ފާތިމަތު އިބްރާހީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ކޮވިޑަށް ހަދާ ޓެސްޓްތަކަކީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދުނިޔޭގެ ސިއްހަތުގެ ޖަމްއިއްޔާ ، ޑަބްލިއުއެޗްއޯއިން ބަލައިގަނެފައިވާ ޓެސްޓް ތަކެކެވެ. ފާތިމަތު އިބްރާހީމް ވިދާޅުވީ ޕީސީއާރު ޓެސްޓަކީ ކޮވިޑް19 ދަނެގަނެވޭނެ އެންމެ ރަނގަޅު ޓެސްޓެވެ.

އެއްވެސް ޓެސްޓަކީ 100 އިންސައްތަ ޔަގީންކަން ދެވޭނެ ޓެސްޓެއް ނޫންކަން ފާހަގަ ކުރައްވަމުން ފާތިމަތު އިބްރާހީމް ވިދާޅުވީ ބައެއް ފަހަރު ފޯލްސް ނެގެޓިވް އަދި ފޯލްސް ޕޮސިޓިވް ނަތީޖާއެއް ވެސް އައިސް ދާނެ ކަމަށެވެ، އަދި އެސިމްޓޮމެޓިކް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ޕޮޒިޓިވް ވުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ފާތިމަތު ވިދާޅުވިއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!