ލައިފްސްޓައިލް

ރޯދަޔަށް ހަވާދު ދަވައިފިންތަ؟

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިންނަކީ ޒަމާނުއްސުރެ ރޯދަ މަހަށް ދުރާލާ ތައްޔާރުވާ ބައެކެވެ. އެގޮތުން ގޭގޯތި ތެރެއަށް އަކިރި ލާ، ބަދިގޭގެ ހިފާ ގެންގުޅޭ ސާމާނު ބަދަލުކޮށް، ގޭގައި ކުލަލުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ވެސް ރޯދަ މަހަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ހަވާދު ދެވުމަކީ ވެސް ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އާދައެކެވެ.

Ads by Hajj Corporation

ރޯދަޔަށް ހަނދު ބަލަން މިހާރު ފަނަރަ ދުވަހަށް ވެފައިވާއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ހަވާދު ދެވުމަކީ މި ދުވަސްވަރު އެންމެ ގަދަޔަށް ކޮށް އުޅޭނެ އެއް ކަންތައް ކަން ޔަގީނެވެ. ހަވާދު ދެވުމުގައި ޒަމާނުއްސުރެ ރަށުގެ އަންހެންވެރިންގެ އެއްބައިވަންތަ ކަން ވެސް ފެނިގެންދެއެވެ. އަވައްޓެރިންގެ ގޭގައި ހަވާދު ދަވާ ދުވަސް ދުވަހު އެގޭ ދޮށަށް ގޮސް ހުނި ގާނައިދީ އަތް ގާތް ކޮށްދިނުމަކީ އޭރު ވެސް އަދި މިހާރު ވެސް ދިވެހީންގެ ތެރޭގައި އޮތް ރީތި އާދައެކެވެ.

ހަވާދު ދެވުމަކީ ބުރަ ކަމެއް ނަމަވެސް އެއީ ވަރުބަލި ކަމެއްނެތި ކޮންމެ ރޯދަޔަކަށް ކުރަން ދިވެހިންގެ ކަށީގައި ހިފާފައި ހުރި ކަމެކެވެ. ކިތަންމެ ބުރަ ނަމަވެސް އަދި ލޮލަށް ދިލަ އެރިނަމަވެސް ރޯދަޔަށް މީރު ހަވާދުގަނޑެއް ތައްޔާރުކޮށްލެވުމަކީ ރޯދަމަހު ކާގޭގެ ސުފުރާގެ ރަހަގަނޑު ހެޔޮވަރު ކޮށްލަދޭ ކަމެކެވެ. އަދި މިއީ ދިވެހި އަންހެންވެރިން އެކަމަކާމެދު ފަޚުރު ވެރިވާން ޖެހޭފަދަ ކަމެކެވެ.

ކާބަފައިން ޒަމާނުއްސުރެން ހަވާދު ދެވުމަށްޓަކައި އެންމެ ފުރަތަމަ ކުރާ ކަމަކީ ވަލަށް ދިއުމެވެ. ކާށި ހޯދައި ދަރު ހޮވުމަށެވެ. މިކަމުގައި ފިރިހެންވެރިންގެ ހިއްސާ ވެސް އޮވެއެވެ. ޒަމާނާއެކު މިކަމަށް ބައެއް ލުއި ފަސޭހަތަކެެއް އައިސްފައި ވިނަމަވެސް އަދިވެސް ބައެއް ރަށް ރަށުގައި ކަން އޮންނަނީ ހަމަ މި ފަދައިންނެވެ.

އެކި ރަށް ރަށުގައި ހަވާދު ދެވުމުގައި ބޭނުންކުރާ ބައެއް ބާވަތްތައް ތަފާތު ނަމަވެސް މައިގަނޑު ގޮތެއްގައި ހުރިހާ ރަށެއްގައި ވެސް ބޭނުން ކުރަނީ އެއް ބާވަތްތަކެކެވެ.

އެގޮތުން ހަވާދު ދެވުމަށް ބޭނުންކުރާ އެއްޗެހީގެ ތެރޭގައި ދިރި، ކޮތަންބިރި، ދަވިއްގަނދު ، އަސޭމިރުސް، ކަރަންފޫ، ކާފޫރުތޮޅި، ފިޔާ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް، ރީނދޫ އަދި ދެ ވައްތަރުގެ މިރުސް ހިމެނެއެެވެ. މީގެ އިތުރުން ހަވާދު ދެވުމުގައި އެންމެ މުހިންމު އެއް ބާވަތަކީ އެތައް ސަތޭކަ ކާއްޓެއްގެ ހުންޏެވެ. މިހުރިހާ ބާވަތެެއް އެއްކޮށް ތާހެއްގައި ހަވާދު ދެވުމަށް އެތައް ގަޑިއިރެއް ހޭދަކުރަން ޖެހެއެވެ. ހަވާދު ގަނޑު ރަނގަޅަށް ދަވާއި ނިމުމުން ދެން އޮންނަނީ ހަވާދު ތައްޔާރު ކުރުމުގައި އެންމެ ބުރަ މަސައްކަތް ކަމުގައި ގިނަ ބަޔަކު ބުނެއެވެ. އެއީ ހަވާދު ތެޅުމެވެ. އިހުގައި ވަނުން ހަވާދު ތަޅައި އުޅުނު ނަމަވެސް ޒަމާނަށް އައި ބަދަލާއެކުު މިހާރު ހަވާދު ތަޅައި އުޅެނީ މެޝިނުން ނުވަތަ މިކްސަރުންނެވެ.

ރޯދަ މަހު ސުފުރާ މަތިން ކާން ލިބޭ މީރު ރިހައާއި ހަވާދުލީ ބިހުގެ ރަހަ ފުރިހަމަ ވުމުގައި މީރު ހަވާދު ގަނޑެއް ދެވުމުގައި އަންހެންވެރިން ވާ ބޮޑު ގުރުބާނީ އަށް ޝުކުރު ހައްގެވެ.

Ads by Ooredoo
  1. ކިނބޫ

    އާނ! ނަޝީދު ކިޔާ ދައްތައަކު ރީނދޫ ޓައީ އަޅައިގެން އައިސް މިގޭ ބަދިގޭގަ ހުންނަ ތިންފައިޖެހި އުނދުނަށް ދެފައި ލައިގެން އިނދެ ހަވާދު ދަވައިދީފި.