Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

އެމްޑީޕީން ނެރޭ ވިޕްލައިންތަކާ ދެކޮޅަށް ނަޝީދާ އެކު 19 މެންބަރުން ތެދުވެއްޖެ

އެމްޑީޕީން ނެރޭ ވިޕްލައިންތަކާ ދެކޮޅަށް ނަޝީދާ އެކު 19 މެންބަރުން ތެދުވެއްޖެ

ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރޭ ވިޕްލައިނާ އެއްގޮތަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް 19 މެމްބަރަކު އިއުލާން ކުރައްވައިފިއެވެ.

މި މެމްބަރުން މިގޮތަށް ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން މިއަދު ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި ގޮތަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި 65 މެންބަރުން ތިއްބަވައެވެ.

Advertisement
Ooredoo — Truecaller (box)

އެމްޑީޕީ ޕީޖީގެ ވަޓްސްއެޕް ގްރޫޕަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕީޖީން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕްލައިނާ އެއްގޮތަށް ވޯޓު ލާން ބޭނުން ނުވާ މެމްބަރުން ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ.

އެ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓް ކޮށްދެއްވުން އެދޭ ކަަމަށެވެ.

ނަޝީދުގެ އެ މެސެޖަށް އެ މަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް 19 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވައިފައެވެ.

"އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެ ގޮތަށް ވޯޓުލާ ސަބަބު. އަޅުގަނޑު އުއްމީދުކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީން ވަކި ނުކުރާނެ ކަމަށް،" ނަޝީދު ކުރެއްވި މެސެޖުގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް