ހެޔޮކަންތައް ކުރުމަށް ހުރަސް އަޅަނީ އަމިއްލަ ނަފްސާ ނުބައި ރައްޓެހިން ،އެފަދަ ރައްޓެހިން ދޫކޮށްލާ: އަލީ ރަމީޒް

ހެޔޮ ކަންތައް ކުރުމަށް ހުރަސް އަޅަނީ ޚުދު އަމިއްލަ ނަފްސާ ނުބައި ރައްޓެހީން ކަމަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދީނީ ދައުވަތު ފެތުރުމާއި ހޭލުންތެރި ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ޢަލީ ރަމީޒު ބުނެފިއެވެ.
ފޭސްބުކް ޕޯސްޓެއްގައި ޢަލީ ރަމީޒު ބުނީ ބަރާބަރަށް ނަމާދުކޮށް ރަނގަޅަށް އުޅެން ބޭނުންވާ ކަމަށް ވަރަށް ގިނަ ކުދީން އޭނާ ގާތުގައި ބުނާ ކަމަށާ ހެޔޮކަންތައްތައް ކުރަން ބޭނުންވާ ކަމަށް އެކުދީން ބުނާ ކަމަށެވެ. ނަމަވެސް ބަރާބަރަށް ނަމާދު ކުރުމާއި ހެޔޮކަންތައް ކުރުން މަތީ ދެމިތިބުމަށް ހުރަސް އަޅަނީ ޚުދު އަމިއްލަ ނަފްސާއި ނުބައި ރައްޓެހީން ކަމަށް ފާހަގަ ކުރަމުން ނުބައި ރައްޓެހީން ދޫކޮށްލުމަށް ޢަލީ ރަމީޒު ނަސޭހަތްތެރި ވެފައި ވެއެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު މަގު ގެއްލިފައި އެތައް ޒުވާނުންނެއް އެބަތިއްބެވެ. މަސްތުވާތަކެތީގެ އަވައިގައިޖެހި ކަންކަންމަތީގައި ބިއްޖެހިފައި އެތައް ޒުވާނުންނެއް ތިބޭތަން ފެނެއެވެ. އެޒުވާނުންގެ ބޭނުން ގައުމަށް ޖެހިފައިވާކަން ވިސްނާ ނުލެވިއެވެ. އެ ޒުވާނުންގެ އާއިލާތަކަށް އެމީހުންގެ އެހީތެރިކަން ބޭނުންވާކަމުގެ ފިކުރެއް ވެސް ނެތިއެވެ.
ހަމަ ވަރަށް ބަރާބަރު ވާހަކައެއް