ދުނިޔެ

އަންތަރީސް ކުރުވާ ފަދަ ވާހަކައެއް: ސައުދީއިން ފެނުނީ 120،000 އަހަރު ވެފައިވާ އިންސާނުންގެ ފިޔަވަޅުތަކެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސައުދީ އަރަބިއްޔާއިން އިންސާނުންނާއި އަދި އެތް ފަދަ ތަފާތު އެކި ޖަނަވާރުންގެ 120،000 އަހަރުވީ ފިޔަވަޅުތަކެއް ފެނިއްޖެއެވެ. މި ފިޔަވަޅުތަކެއް ފެނުނީ ކުރިން ކޯރެއް އޮތް ނަމަވެސް މިހާރު ހިކިފައިވާ ތަނަކުންނެވެ.

Ads by Sosun Fihaara

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅުތަކުގެ އަލީގައި އެ ޒަމާނުގައި މީހުން ތަންތަނަށް ދަތުރުކޮށް ހިޖުރަ ކުރުމަށް ކުރި މަސައްކަތް އެނގިގެން ދާނެއެވެ. އެގޮތުން މި ސައިންސްވެރިން ވަނީ މި ސަރަހައްދުން އިންސާނުންގެ 7 ފިޔަވަޅެއް ހޯދާފައެވެ. އެ ސައިންސްވެރިން ލަފާކުރާ ގޮތުގައި އެއީ ދެމީހެއްގެ ފިޔަވަޅު ތަކެކެވެ.

ހަމައެހެންމެ މި ސައިންސްވެރިން ކުރި ދިރާސާއިން ދައްކާ ގޮތުގައި، އެޒަމާނުގައި އުޅުނު މީހުން ދަތުރުފަތުރުކޮށް އުޅުނީ ކޯރުތައް ހުރަސްކޮށެވެ. އަދި މި ފިޔަވަޅުތަކަކީ މިހާތަނަށް ސައުދީ އަރަބިއްޔާއިން ފެނުނު އެންމެ ދުވަސްވީ ފިޔަވަޅުތައް ކަމަށް ވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

މި ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅުތައް ނިސްބަތް ވަނީ ވަރަށް ގަދަރުވެރި އަދި އެޒަމާނުގައި ނަން ހިނގާ ބަޔަކަށެވެ. ސަބަބަކީ އެ ޒަމާނުގައި އެތަނަށް ޒިޔާރާތްކޮށް އުޅުނީ އެފަދަ މަތީ މީހުން ކަމަށް ވާތީ ކަމުގައި ވެސް އެ ސައިންސްވެރިން ގަބޫލު ކުރެއެވެ.

މި ސަރަހައްދު ދިރާސާކުރި ސައިންސްވެރިއެއް ކަމަށްވާ ސްޓީވާޓް ވިދާޅުވާ ގޮތުގައި އެ ކޯރަކީ އެ ޒަމާނުގައި އިންސާނުން ވަރަށް ގިނައިން ގޮސް އުޅުނު ތަނެކެވެ. އަދި އެކިކަހަލަ ޖަނަވާރުން ވެސް އެތަނުގައި އުޅޭކަމަށް އޭނާ ބުނެފައި ވެއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!