ޚަބަރު

2023 ގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓް ލިސްޓުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ: އާދަމް ޝަރީފް އުމަރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައީސް ޔާމީން ވެރިކަމަށް އަލުން ވަޑައިގަނެ، ރާއްޖޭގެ މިނިވަން ކަމަށް ނުރައްކާވާ ހުރިހާ އެއްބަސްވުންތަކެއް އުވާލާނެ ކަމަށް ރައްޔިތުން މަޖިލީހުގެއަދި ޕީއެންސީގެ ނައިބު ރައީސް ރ.މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް އަލުން ވަޑައިގަނެ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާނެ ހުރިހާ އެއްބަސްވުންތަކެއް އުވާލާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" 2023 ގެ ރިޔާސީ ކެންޑިޑޭޓް ލިސްޓުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ، އިންޝާﷲ. " އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަނެ، ގައުމުގެ ސިޔާދަތު އަލުން ހޯއްދަވައި ދެއްވާނެ ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރައްވާނެ ކަމަށެވެ.

މި ސަރުކާރުން އިންޑިއާ އާ ބާއްވަމުން އަންނަ ގާތް ގުޅުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމާ މިފަދަ އިތުރު ކަންކަމާ ގުޅިގެން "އިންޑިއާއައުޓް" ގެ ނަމުގައި އިދިކޮޅުން އަންނަނީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދަމުންނެވެ. މީސް މީޑިއާ މި ކެމްޕެއިނުގައި ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ބައިވެރިވަމުންނެވެ.

Ads by HDC
  1. ރައްޔިތުން

    އާދަނާ އެލިސްޓުގައި މަނިކުފާނުގެ ނަން އޮވެން ހޮވިވެގެން ދެން މަގުތައް ކޮށައިގެން ގާނޫނުތައް ކޮށައިގެން ތިކަން ކުރެވޭނީ މިހާރު ތި ދައްކަނީ ތާކުންތާކު ޖެހޭ ވާހަކަ އެއްނޫން. ތިއީ ބަޔަކު ހެޔޮވެގެންވެސް ދެއްކިޔަސް ހެޔޮ ބުއްްދި ހުރި ބަޔަކު ގަބޫލުކުރާނެ ވާހަކަތަކެއްނޫން މިހާލަތުގައި – ހެއި ޖެހޭ ވާހަކަތަކަށް ރައްޔިތުން ތިބީ ހޭލާ