އިލްހާމްގެ އަނބިކަނބަލުން ފުލުސް އޮފީހުގައި "ރަހީނުކުރި" މައްސަލަ ބަލައިދޭން އެދެފި
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙުމަދުގެ އަނބިކަނބަލުން އައިމިނަތު މާޝާ، ފުލުސް އޮފީހުގައި "ރަހީނުކުރި" މައްސަލަ ބަލައިދޭން އިލްހާމް އެދިލައްވައިފިއެވެ.
އިލްޙާމްގެ އަނބިކަނބަލުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފުލުސް އޮފީހުގައި ހިފަހައްޓާފައި ވަނީ އެއިރުގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އިލްހާމް ނުފެނުމުންނެވެ.
މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް އެތަނުގައި ގިނަ ވަގުތުތަކެއްގައި ބައިންދާފައި ވަނީ އޭނާ ދޫކޮށްލެވޭނީ އިލްޙާމް ފުލުސް އޮފީހަށް ހާޒިރުވުމުން ކަމަށް ބުނެއެވެ. ފުލުހުން މާޝާ ބަންދުގައި ބަހައްޓާފައި ވަނީ އޭނާއަށް އެއްވެސް ތުހުމަތެއް ކޮށްފައެއް ނޫނެވެ.
އިލްހާމް އަމިއްލައަށް ފަހުން ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމުން އޭނާ ހައްޔަރު ކުރުމަށް ފަހު ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި އެވެ. ހަތް މަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލީ ސެޕްޓެމްބަރު، 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުން އޭރުގެ އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބުނުތާ އެއް ދުވަސް ފަހުންނެވެ.
ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) ޓެގް ކުރައްވާ އިލްހާމް މިއަދު ކުރެއްވި ޓްވީޓެއްގައި އެދިލައްވާފައިވަނީ އޭނާގެ އަނބިކަނބަލުން "ރަހީނުކުރި" މައްސަލަ އަވަހަށް ބައްލަވާ ދެއްވުމަށެވެ.
ސަރުކާޜު ފެއިލް ޕެޗް އެޅިޔަސް ފެއިލް ފޯކަސް ނުގެއްލޭ ރައްޔިތުންގެ …ރިއަލިޓީ…