ދުނިޔެ

15 މިނެޓްގެ ތެރޭގައި ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ކިޓް ޑަބްލިޔުއެޗްއޯއިން ހަދިޔާކުރަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

15 މިނެޓްއާއި 30 މިނެޓްއާ ދޭތެރޭ ނަތީޖާ ލިބޭ ކުދި އަދި މެދު އާމްދަނީ ލިބޭ ގައުމުތަކަށް ހަދިޔާ ކުރިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އިން ނިންމައިފިއެވެ.

Ads by WAMCO

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވީ އަލަށް އުފައްދާ މިޓެސްޓް ކިޓްތަކަކީ އެއްތަނުން އަނެއް ތަނަށް އުފުލުމަށާއި ބޭނުންކުރަން ފަސޭހަ ކިޓެއް ކަމަށާއި އަދި މި ކިޓްތަކުގެ އަގު އުޅެނީ 5 ޑޮލަރަށް ކަމަށެވެ.

މި ކިޓްތައް އުފެއްދުމަށް 6 މަސް ދުވަހުގެ އެއްބަސްވުމުމެއްގައި ޑަބްލިޔުއެޗްއޯއިން ވަނީ ސޮއިކޮށްފައެވެ. މިގޮތުން 6 މަސްދުވަހުގެ ތެރޭގައި ޖުމްލަ 120 މިލިޔަން ޓެސްޓް ކިޓް އުފެއްދުމަށް، އެބޮޓް އަދި އެސްޑީ ބަޔޯސެންސަރ އާއެކުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ޕްރެޖެކްޓަށް ފަންޑް ކުރަނީ، ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން އިންނެވެ.

މި ޓެސްޓް ކިޓްތައް ލިބުމުން، މެދު މިނުގެ އާމްދަނީ ލިބޭ ގައުމުތަކާއި، ފަގީރު ގައުމުތަކުގެ ޓެސްޓް ކުރުމުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ

"ލެބޯޓަރީތައް ނުހުންނަ ސަރަހައްދުތައް ވަރަށް ގިނަ، ޓެސްޓް ހަދަން ސާންޕަލް އުފުލާއިރު ބޮޑެތި ދަތިތައް އެބަހުރި، މި ޓެސްޓް ކިޓްތަކާއެކު މިކަންކަމަށް ހައްލު ލިބިގެންދާނެ." ރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވިއެވެ.

ޑރ. ޓެޑްރޮސް އިތުރަށް ވިދާޅުވީ، މިއީ ކޮވިޑާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަަމަށެވެ.

މިހާތަނަށް ދުނިޔޭގައި 33,546,651 މީހަކަށް ކޮވިޑްވަނީ ޖެހިފައެވެ. އަދި 1,006,337 މީހުން މިބަލީގައި ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!