މުނިފޫހިފިލުވުން

ދީޕިކާ، ސާރާ، ރަކުލް ޕްރީތު އަދި ޝްރައްދާ ވެސް ބުނީ އެމީހުން ސިނގިރޭޓެއްހާ ހިސާބުވެސް ބޮއެނޫޅޭ ކަމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަކުލް ޕްރީތު ސިންގް، ސާރާ އަލީ ޚާން، ޝްރައްދާ ކަޕޫރް އަދި ދީޕިކާ ޕަދުކޯން އަކީ އެންމެ ކުޑަމިނުން ސިނގިރޭޓެއްހާ ހިސާބުވެސް ބޯ ބައެއް ނޫން ކަމަށް ނޯކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގައި އެމީހުން ބުނެފިއެވެ.

Ads by MWSC

އެންސީބީ ގެ އޮފިޝަލަކު ބުނީ އެ ހަތަރު މީހުން ވެސް ވަނީ އެއްވެސް އިރަކު މަސްތުވާތަކެތި ބޭނުން ކުރި ކަމަށް އިންކާރު ކޮށްފައި ކަމަށާއި، އެމީހުންނަކީ ސިނގިރޭޓުވެސް ބޯ ބައެއް ނޫން ކަމުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް ރަކުލް ޕްރީތުގެ ވަޓްސް އެޕް ޗެޓެއްގައި "ޑޫބް" އެއް ހޯދަން އަހާފައި އިނުމުން އެއީ ކޮން އެއްޗެއްތޯ އެހުމުން، އެއީ އަތުން އޮޅާފައި ހުންނަ ސިނގިރޭޓެއްގެ ވާހަކަ ކަމަށް ބުނި ކަމަށް ވެސް އެންސީބީ ގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތި ހޯދަން އެހި ކަމަށް ދީޕިކާއާއި ރަކުލް ޕްރީތުވެސް އެކަމަށް އެއްބަސްވީ ފަހުން، މިހާރު އެމީހުން އެކަމަށް އިންކާރު ކުރާ ސަބަބު ނޭނގޭ ކަމަށް ވެސް އޮފިޝަލް ބުނެފައިވެއެވެ.

ނަމަވެސް ސީބީއައި އިން ބުނެފައިވަނީ އެ ހަތަރު މީހުންގެ ފޯނު ހިފަހައްޓާފައި ވުމުން، މައްސަލަ އިތުރަށް ތަހުގީގުކޮށް މިމައްސަލައާއި ގުޅޭ ގޮތުން އެހަތަރު މީހުންގެ މައުލޫމާތު ހޯދިދާނެ ކަމަށް ވަރަށް ޔަގީންވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!