ހުޅުމާލޭން އަލަށް ހިއްކާ ސަރައްދުން ނަގާ އުޅަނދުތަކަށް 3 ފަޅު ހަމަޖައްސައިފި
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހައްކަން އަލުން ފަށާތީ އެ ސަރައްދުން ނަގާ އުޅަނދު ތަކަށް މާލެ ކައިރިން ހަތަރު ފަޅު ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަޖައްސައިދީފި އެވެ.
ހުޅުމާލޭގައި ގޯތި ދިނުމަށް ހިއްކަމުން ގެންދާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީ އިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ކުންފުނިން ބުނި ސުންގަޑިއަކީ މިއަދެވެ.
އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިން ހައްކާ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް އަޅަން ހަތަރު ފަޅު ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ސަފާރީ އަޅަން ހަމަޖައްސާފައި ވަނީ ގުޅިފަޅާއި ކުޑަގިރި ފަޅި އަދި ތިލަފުށީ ފަޅެވެ. ދޯނިފަހަރާއި އެހެން އުޅަނދުތައް އެޅުމަށް ހަމަޖައްސާފައި ވަނީ
ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 63 ހެކްޓަރު ބިން ހިއްކަން ވަނީ ނިންމާފަ އެވެ.

މި ލިޔުމުގައި ކުށެއްނެތެވެ.