ދުނިޔެ

އެތައް އަހަރެއް ވަންދެން އުފަން ދަރިފުޅު ރޭޕް ކުރަމުންދިޔަ ބައްޕައަކު ހައްޔަރުކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މުމްބާއީ،އިންޑިއާ: ހަތަރު އަހަރެއްހާ ދުވަހު އުފަން ދަރިފުޅު ރޭޕް ކުރަމުން ދިޔަ 34 އަހަރުގެ ބައްޕައަކު މުމްބާއީ ފުލުހުން ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ފިރިހެން މީހާގެ އަނބިމީހާ ނުވަތަ ކުދިންގެ މަންމަ 2016 ވަނަ އަހަރު ނިޔާވި ފަހުން ފެށިގެން އޭނާ ގެންދިޔައީ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕް ކުރަމުންނެވެ. އެ ފިރިހެން މީހާގެ ފިރިހެން ދަރިއެއް ހުރި ނަމަވެސް އެ ފިރިހެން ކުއްޖާ ގޭގައި ނޫޅޭ ކޮންމެ ވަގުތަކު ވެސް އަންހެން ކުއްޖާ ވަނީ ޖިންސީ ޝިކާރައަކަށް ވެގެން ގޮސްފައި ކަމަށް މީޑިއާތައް ބުނެފައި ވެއެވެ،

އަންހެން ކުއްޖާ މިކަން ފުލުހުންގެ ސަމާލުކަމަށް ގެންދަން ކުރިން މަސައްކަތް ވެސް ކުރި ނަމަވެސް އަންހެން ކުއްޖާއަށް އެކަން ކާމިޔާބު ނުވީ ބައްޕަ ބިރު ދެއްކުމުންނެވެ، އެގޮތުން ރޭޕްގެ މަންޒަރު ފޯނުން ވީޑިއޯކޮށްފައިވާ ބައްޕަ ވަނީ އެއްވެސް މީހެއް ގާތު އެވާހަކަ ދައްކައިފިނަމަ އެ ވީޑިއޯތައް ލީކް ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެހެން ނަމަވެސް އަންހެން ކުއްޖާއަށް ލިބެމުންދިޔަ އަނިޔާތަކަށް ކެތްނުވެ އޭނާ ވަނީ އަވަށްޓެރިއަކަށް މިވާހަކަ ހިއްސާކޮށް އޭނާގެ އެހީގައި މިމަހު 24 ވަނަ ދުވަހު ފުލުހަށް ޙާޟިރު ވެފައެވެ.

ފުލުހުން ކުއްޖާގެ ބައްޕަ ހައްޔަރުކޮށް ފޯނު ޗެކު ކުރިއިރު ކުއްޖާ ރޭޕް ކޮށްފައިވާ 7 ވީޑިއޯއެއް ފެނިފައިވާ ކަމަށާއިި އަދި މިހާރު ފުލުހުން ގެންދަނީ އެ ވީޑިއޯތައް މީޑިއާގެ އެއްވެސް ވަސީލަތަކަށް އަޕްލޯޑް ކޮށްފައިވޭތޯ ބަލަމުން ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެއެވެ،

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!