ޚަބަރު

އުމުރުން ހަގު އަންހެނަކާ ގާސިމް އަނެއްކާވެސް ކައިވެނި ކުރައްވައިފި

ޢާއިޝަތު ނުޒުހާ

މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އަނެއްކާ ވެސް ކައިވެނި ކުރައްވައިފިއެެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގާސިމް ކައިވެނި ކުރައްވާފައިވަނީ ގާސިމް ނިސްބަތްވާ އދ. މާމިގިއްޔަށް ނިސްބަތްވާ "ރާނިޔާ" ނަމަކަށް ކިޔާ އަންހެނަކާއެވެ. ރާނިޔާ އަކީ ގާސިމް އާ އަޅާ ބަލާއިރު އުމުރުން ވަރަށް ހަގު ބޭކަނބަލެކެވެ.

ސަން އައިލެންޑް ރިސޯޓުގައި މީގެ ތިން ދުވަސް ކުރިން އޮތް މި ކައިވެނީގައި ބައެއް ފޮޓޯތައް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ގާސިމް ރާނިޔާ އާ ކައިވެނި ބައްލަވައިގެންނެވިއިރު ގާސިމްގެ ހަތަރު އަނބިކަނބަލުން އެބަތިއްބެއެވެ.

ގާސިމް އިތުރު ކައިވެންޏެއް ކުރައްވާފައި މިވަނީ މިނިސްޓަރ އައިޝަތު ނަހުލާ ވަރިކުރެއްވުމަށް ފަހު ކަމަށް މީސް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އަޑު ފަތުރަމުންނެވެ. ނަމަވެސް މިކަން ކަށަވަރުވާ ގޮތް ވަނީ ނުވެފައެވެ.

 

  1. ގާސިމާ

    ގާސިމް ތީ ހަމަ މޭންއެއް ގަސިމްގެ ހަމަ އެވަރެއް ހަމަ ނެތް ގަސިމް މި ދުނިޔެއަ ވަކިވަންދެން މީހުން ނަަ އިންދެލަ އިންދެލަ ތިބޭތި.

  2. ާެއަހުމަދު

    ކަށަވަރުނުވާ ވާހަކަ! ވަރަށް ދެރަކަމެއް.

  3. ސާބަސް

    ކަލޭމެން ވެސް އިނދެބަލަ ދެރަކަމެއްދޯ ގާސިމުގެ ހަގީގަތް ނޭނގޭ މީދަލެއް ވެސް ރާއްޖެއަކު ނުހުންނާނެ މިފަހަރުތިއިންކުއްޖާ ތިނީ ގާސިމުގެ މަސްގަނޑުދެކެއެއް ނޫން ކަށީގެމަދުދެކެ މިއީ ހަގީގީލޯބި ވާސަރިވާ

    • މުޙައްމަދު

      ماشا الله އެހެން މުއްސަނދިން ކަންތައް ކުރާގޮތަށް ހިލޭ އަންހެނުން ކައިރިއަށް ގޮސް ޒިނޭކުރުމުގެ ބަދަލުގައި އިސްލާމްދީނުގެ އުސޫލްތަކަށް ތަބާވާ ބޭފުޅެއް.

  4. މުޙަންމަދު

    މަހުޖަނުން ބެންކޮކަށް ދިއުމުގެ ބަދަލުގައި ޤާސިމްގެ ސިޔާސަތު ޚިޔާރުކުރައްވާ

  5. ގައުމުގެ ދޫ

    މީހަކު ކަމެއްކުރާއިރަށް ތިމާގެ ބުއްދިއަށް ފެންނަ ގޮތަށް ވާހަކަތަށް ފެތުރުން އެއީ އެންމެ ރަނގަޅުގޮތްތޯ އެއީ ހަމަ ސުވާލުކޮށްލަން ރަނގަޅު ކަމެއް!

  6. ތޮރަކަލި

    ގަސިމް ރަގަނޅު

  7. ޢަފީ

    5 ވެސްހުއްދަތަ