ޚަބަރު

ޤާސިމްގެ ކައިވެންޏަށް ނަހުލާ ރުހި ޤަބޫލު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިއްޔެ މީސްމީޑިޔާގައި އެންމެ "ހިޓް" އެއް ވާހަކައަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އިތުރު ކައިވެންޏެއް މިހަފްތާގައި ކުރެއްވި ވާހަކައެވެ. މިއާއެކު އެންމެންވެސް ކުރަން ފެށީ އެއް ސުވާލެކެވެ. މިކައިވެންޏަށް ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ ރުހުން ލިބޭނެ ކަމާމެދު ކުރެވުނު ސުވާލެވެ. މި ސުވާލުގެ ޖަވާބު މިއަދު މިވަނީ ލިބިފައެވެ.

ނަހުލާގެ އަރިސް ބޭފުޅަކާ ހަވާލާދީ އޮންނައިން ނޫހެއް ކަމަށްވާ، "ވަގުތު" އިން ބުނެފައިވަނީ ގާސިމް ކައިވެނި ކުރައްވާފައި ވަނީ މިނިސްޓަރ ނަހުލާގެ ރުހުމާއި ފުރިހަމަ އެއްބާރުލުން ލިބިވަޑައިގެން ކަމަށެވެ.

"ކޯޓުން ވެސް ސާފު ކުރައްވާނެ ފިރިމީހާ އިތުރު ކައިވެންޏެއް ކުރައްވާނަމަ އެހެން އަނބިންގެ ރުހުން އެކަމަށް އޮތްތޯ. އެއުސޫލުން ގާސިމް އިތުރު ކައިވެންޏެއް ކުރައްވަން މިނިސްޓަރ ނަހުލާގެ ރުހުން އޮތްތޯ ވެސް ސާފުކުރި. ނަހުލާ ވަނީ ގާސިމް އިތުރު ކައިވެންޏެއް ކުރެއްވުމަށް ރުހޭކަމަށް ވިދާޅުވެފައި. އަދި ނަހުލާއަށް ދެއްވެވެން އޮތް ހުރިހާ އެއްބާރުލުމެއް ގާސިމް އިތުރު ކައިވެންޏެއް ކުރެއްވުމަށް ދެއްވި." އެމީހާ ބުނި ކަމަށް އެނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ގާސިމާއި މިނިސްޓަރ ނަހުލާ ގެ ކައިވެންޏަަށް 13 އަހަރު ވެފައިވާއިރު އެކައިވެންޏަށް ހަ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. ގާސިމް އިތުރު ކައިވެންޏެއް ކުރެއްވީ މިނިސްޓަރ ނަހުލާ ވަރިކުރެއްވުމަށްފަހު ފަހުކަމަށް ބައެއް މީޑިއާތަކުން ވެސް ޚަބަރު ފަތުރާފައި ވެއެވެ. ނަމަވެސް އެއީ ޙަޤީގަތެއް ނޫން ކަމަށް "ވަގުތު" އިން ރިޕޯޓް ކުރެއެވެ.

  1. ޢިސްމެހެލާ

    ނަހުލާ މާރީތި. ދެން ގޯހެއްނޫން ތިމަންޖެވެސް.

  2. މުހައްމަދު

    ނަހުލާ ވަރިކުރޭ އަހަރެން ހަވާލުވާނަން (:

  3. ދެން ް ް ް

    ރުހިގަބޫލު ނުވާނީ އޭނަ ލޯބިން އިނދެގެން އުޅޭ މީހެއްނަމައެއްނު. އޭނައަށްވުރެ ޅަކުއްޖަކު ގާތު ބޭބެ ނިންދެވީމަ އޭނަގެ އެޖެންޑާއަށް ބޮޑަށް މަގުފަހިވާނެނު. ގިނަރޭ ދެން އޮންނާނީ އެމަންޖެ ކައިރީނު. ކަލޭމެންވެސް މޮޔަ ދޯ!

  4. މުހައްމަދު ރައުފު /ކޮލަމާފުށި

    ގަބޫލުވިޔަސް ނުވިޔަސް ގާސިމް އިންނަން ބޭނުމިއްޔާ އިންނާނެ.އަދި ނަހުލާ ވެސް ކުރަން ބޭނުންކަމެއް ކުރާނެ.ނަހުލާ ވެސް އަދި މިހާރު އިން ކުއްޖާވެސް އިނީ ސީދާ ފައިސާއަށް.އަރާމާއި އުފަލަށް.މުއްސަތި ދިރިއުޅުމަކަށް.މިހާރު ބެލިޔަސް ފަހުން އިން އަންހެންކުއްޖާ މުޅި އުމުރު ދުވަހު އުޅެވޭނެ ވަރަށް ފައިސާ ލިބޭނެ ގޮތް ހުންނާނީ ތަނަވަސް ވެފަ.އެދެމީހުންނަށް ދަރިޔަކު ލިބޭތޯ ބަލަން ތިބެންވީ ދުވާކޮށްކޮށް.

  5. މަރީނާ

    ކޯޓުން ނާހާނެ ނަހުލާ ގަބޫލުތޯ އެއް. ޙަރަދު ކުރިތޯ ބަލާނީ. އަބިންގެ ރުހުނަސް ނުރުހުނަސް . ރާނިޔާ އަށް އުފާވެރިކަން ދެއްވާށި