ޚަބަރު

ގާސިމް ނަހުލާ ވަރިއެއް ނުކުރައްވާ، އަދިވެސް އުޅެނީ އިނދެގެން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީ ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، މީގެ ތިން ދުވަސް ކުރިން ހަތަރު ވަނަ ކައިވެންޏެއް ކުރެއްވީ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވަރިކުރައްވާފައި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމުގައި ބުނެފިއެވެ.

ްއޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ މިނިސްޓަރ ނަހުލާ އަދިވެސް އިންނެވީ ގާސިމްގެ އަނބިކަނބަލެއްގެ ގޮތުގައި ކަމަށާއި ގާސިމް، މިނިސްޓަރ ނަހުލާ ވަރި ކުރައްވައިފި ކަމަށް ބުނެ ފަތުރަމުން ދަނީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް އެނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ކަމަށެވެ.

ގާސިމާއި މިނިސްޓަރ ނަހުލާ ގެ ކައިވެންޏަަށް 13 އަހަރު ވެފައިވާއިރު އެކައިވެންޏަށް ހަ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

މިދިޔަ އަހަރު މާމިގިލީގައި އޮތް ޖޭޕީ ގެ ޖަލްސާއެއްގައި މިނިސްޓަރ ނަހުލާ ގާސިމް ސިފަ ކުރައްވާފައިވަނީ "ޖަވާހިރެއް" ގެ ގޮތުގައެވެ. އަދި އެމަނިކުފާނާއި ވަކި ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ ނަހުލާގެ ވާހަކަތަކަށް ޝުކުރު އަދާ ކުރައްވަމުން ގާސިމް ވެސް ވިދާޅުވެފައި ވަނީ "އައިޝާ" އާއި ދުވަހަކު ވެސް ވަކި ނުކުރެވޭނެ ކަމަަށެވެ.

މީގެ ތިން ދުވަސް ކުރިން ގާސިމް ހަތަރުވަނަ ކައިވެންޏެއް ކުރައްވާފައި ވަނީ މާމިގިއްޔަށް ނިސްބަތްވާ "ރާނިޔާ" ނަމަކަށް ކިޔާ ކަނބަލަކާއެވެ. އޭނާއަކީ ގާސިމް އާއި އަޅާބަލާއިރު އުމުރުން ވަރަށް ހަގު ބޭކަނބަލެކެވެ.

Ads by Allied Insurance
  1. ޖަބުލާނީ

    ފައިސާ ހުރިއްޔާ އަންހެނުން ވާނެ އަންހެނުންނަކީ ލާރި ފޮއްޗަކަށް ކެޓޭ ބައެއް

    • ޢިއްޒާ

      ތިޔަހެން ނުބުނެވޭނެ… ބައެއް އަންހެނުންނޭ ބުނުން މީގެ ރަނގަޅު ގޮތަކީ… ހަމަގައިމުވެސް އަހަރުންނެއް ނި އިންނާނަން…

      • ޢިއްޒާ އަށް ވެސް މިކަހަލަ ފުރުސަތެއް ލިބުނީމަ އިނގޭނީ.

  2. ޑިމޮކްރަސީ

    ލާރި ހުރިއްޔާ އންހެނުން އޮންނާނެ އަތައްފަޔަށް ކެއްނުވާވަރަށް