ޚަބަރު ރައްޔިތުންގެ މަޖިލިސް

ޑިފެންސް މިނިސްޓަރ މާރިޔާ ހާޒިރުކުރެއްވި ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ހާޒިރުކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީިން ކުރިއަށް ގެންދިޔަ ބައްދަލުވުން ސިއްރުކޮށްފިއެވެ.

Ads by STELCO

ބުރާސްފަތި ދުވަހު 10:00 އޮތް ކޮމިޓީގެ މި ބައްދަލުވުމަށް މިނިސްޓަރު އެ ކޮމިޓީ އަށް ހާޒިރުކޮށްފައި ވަނީ އެ ކޮމިޓީއިން ބަލަމުން އަންނަ މައްސަލަ އަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލަ އެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މި ކޮމެޓީގެ ބައްދަލުވުން ސިއްރު ކުރި ވަކި ސަބަބެއް ވެސް މަޖިލީހުން ހާމަކޮށްފައި ނުވާއިރު ގައުމީ ސަލާމަތާ ގުޅުންހުރި ސިއްރުތައް ހިފެހެއްޓުމުގެ ގޮތުން ކޮމެޓީގެ ބައްދަލުވުންތައް މީގެ ކުރިން ސިއްރުކޮށްފައި ވެއެވެ.

މިނިސްޓަރުގެ ބައްދަލުވުމުން ކޮމިޓީއިން ސިއްރުކޮށްފައިވާއިރު، މި ސަރުކާރުން އިންޑިއާ އާއެކު ބާއްވަމުން އަންނަ ގުޅުމުގެ ސަބަބުން ގައުމުގެ ސަލާމަތަށް ނުރައްކާ ވާ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އަދި މިކަމާ ދެކޮޅަށް "އިންޑިއާއައުޓް" ގެ ނަމުގައި ކެމްޕެއިނެއް ވެސް އިދިކޮޅުން ވަނީ ފަށާފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!