ދުނިޔެ

އިންޑިއާ މުސްލިމުންގެ ކެކުޅުން : ބާކީ ކުރުން އެންމެ ބޮޑީ މިހާރު

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބީބީސީ: އިންޑިއާގެ އާބާދީގެ 14 އިންސައްތަ ކަމަށްވާ މުސްލިމުން އެންމެ ބޮޑަށް ބާކީކޮށް އެކަހެރިކުރި ދުވަސްވަރަކީ މި ދުވަސްވަރު ކަމަށް އެ މީހުން ބުނަން ފަށައިފިއެވެ.

Ads by Sosun Fihaara

ހަރުކަށި ހިންދޫ ފިކުރުގެ ޕާޓީ ވެރިކަމަށް އައިފަހުން ގެރި މަސް ކާ މީހުންނާއި އެކި ބޭނުންތަކުގައި ގެރި ބަކަރި ގެންގުޅޭ މުސްލިމުންނަށް ދޭ އަނިޔާތައް ވަނީ އިތުރުވެގެން ގޮސްފައެވެ. ހަމަ އެހެންމެ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ވެސް އިންޑިއާގައި ފެތުރުނީ މުސްލިމުންގެ ފަރާތުން ކަމަށް ހިންދޫން ތުހުމަތު ކުރެއެވެ. އަދި އެ ތުހުމަތު ތަކުގެ ސަބަބުން އެ ގައުމުގެ މުސްލިމުންނަށް އެތައް ތުރާލަކާ އަނިޔާއެއް ތަހައްމަލު ކުރަން ޖެހިފައިވެއެވެ.

މުސްލިމުން ބާކީކޮށް އެކަހެރި ކުރާ ކަމުގެ ތުހުމަތަށް އެންމެ ބޮޑު ބާރެއް ލިބުނީ ބާބްރީ މިސްކިތް ތަޅާލި ޙާދިސާއާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން އިއްވި ނިޔާގެ ސަބަބުންނެވެ. 16 ވަނަ ގަރުނުން ފެށިގެން މުސްލިމުން ބޭނުން ކުރަމުން ދިޔަ އެ މިސްކިތް ހިމެނޭ ބިމަކީ ހިންދޫ ދީނުގެ މުގައްދަސް ބިމެއްކަމުގެ ދައުވާގައި ހަރުކަށި ހިންދޫން ނުކުމެ މިސްކިތް ތަޅާލާ އެކަމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުމުގައި 2000 މީހުން މަރުވެގެން ދިޔައިރު ވެސް އެ މައްސަލައިގައި އެއްވެސް މީހަކު ކުށްވެރިވާ ތަނެއް ސްޕްރީމެއް ކޯޓަކަށް ނުފެނުނެވެ. މީގެ 28 އަހަރު ކުރިން 1992 ވަނަ އަހަރުގެ ޑިސެމްބަރ މަހު ހިނގި އެ ޙާދިސާ ރާވާ ހިންގާ ހިންގުމުގައި ހަރަކާތްތެރިވި އެތައް ބަޔަކު މިހާރު ވެސް ބީޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވާއިރު އެމީހުން ކުށްވެރިވާވަރުގެ ހެއްކެތް މި މައްސަލައަށް ހުށަހެޅި 850 ހެކީންނާ 7000 ލިޔެކިޔުމާއި އެތައް ހާސް ފޮޓޯއަކާ ވީޑިއޯ އަކުން ސްޕްރީމް ކޯޓަކަށް ނުފެނުނެވެ.

މި ޙުކުމާ ގުޅިގެން ބީބީސީއާ ވާހަކަ ދެއްކި މުސްލިމުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. އެގޮތުން އެގައުމުގެ 2000 މިލިއަން މީހުން އެކަހެރި ކުރެވި ބާކީ ކުރެވިފައިވާ ކަމަށާއި މިއީ ތާރީޚްގައި ވެސް އެމީހުން އެންމެ ބޮޑަށް ބާކީ ކުރި ދުވަސްވަރުގެ ގޮތުގައި މުސްލިމުން ފާހަގަ ކުރެއެވެ. ހަމައެހެންމެ ސަރުކާރަކުން ވެސް އަދި އިދިކޮޅު ޕާޓީއަކުން ވެސް އެމީހުންގެ ޙައްޤުތަކަށް މަސައްކަތް ނުކުރާ ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އަދި ބޭނުން ދީނެއް އިޚްތިޔާރު ކުރުމުގެ ޙައްޤު ލިބިފައިވާ ސިޔާސީ ނިޒާމުގެ ވެސް ފެއިލްވުމެއް ކަމަށް އެމީހުން ދެކެއެވެ.

"މުސްލިމުން ދަނީ ވެރިކަމުގެ ނިޒާމަށް އިތުބާރު ގެއްލެމުން ، އެމީހުން އެކަހެރިވެ ބާކީ ކުރެވި އަދި ސިޔާސީ ޕާޓީތަކާ އެހެނިހެން އިދާރާތަކުގެ އިތުރުން މީޑިއާވެސް އެމީހުން ފެއިލް ކޮށްލާކަމުގެ އިހްސާސް އެމީހުން ދަނީ ކުރަމުން ، މުސްލިމުން އެކަހެރިކޮށް ދޫކޮށްލުން ވަރަށް ބޮޑަށް އެބައޮތް" ބީބީސީއަށް މައުލޫމާތު ދެމުން ދިއްލީގައި ގާއިމް ކޮށްފައިވާ ރިސަރޗް އެސޯސިއޭޓެއްގެ އޮފިޝަލް އާސިމް ޢަލީ ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!