ޚަބަރު

އެމްއެމްޕީއާރްސީ ގެ ފައިސާ ލިބުނު މީހުންނާއި ޕާޓީތައް ހޯދޭނެ ކަމަކަށް މިހާރު ޤަބޫލެއް ނުކުރެވޭ: އާދަމް ޝަރީފު އުމަރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި ލިބުނު ޕާޓީތައް ހޯދޭނެ ކަމަކަށް މިހާރު ޤަބޫލެއް ނުކުރެވޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްއެމްޕީއާރްސީ ގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާއަށް ވެސް އަދީބު ވަނީ އިއުތިރާފު ވެވަޑައިގެން، މާފަށް ވެސް އެދިވަޑައިގެންފައެވެ. އަދި ދައުލަތަށް އެއްބާރުލުން ދެއްވާ އެޚިޔާނާތުގެ އަޑީގައި ތިބި އެންމެން ހޯދުމަށް ދައުލަތާއިއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަދީބު ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފު އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދީބުގެ އިއުތިރާފަކީ ކޮރަޕްޝަންގެ ފައިސާ ލިބުނު މީހުންގެ ނަންތައް "ޑިލީޓު" ކުރަން ކޮށުނު މަގަކަށް ވެގެން ނުވާނެ ކަމަށެވެ.

"އެމްއެމްޕީއާރްސީ ގެ ފައިސާ ލިބުނު މީހުންނާއި ޕާޓީތައް ހޯދޭނެ ކަމަކަށް މިހާރު ޤަބޫލެއް ނުކުރެވޭ. އެއަށްވުރެ މިސަރުކާރުގެ ކޮރަޕްޝަން އެތައް ގުނައެއް އިތުރު" އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!