ޚަބަރު

ބިދޭސީންނަށް ކުއްޔަށްދީފައިވާ ފުލެޓުތަކުގެ އެއްބަސްވުންތައް ބާޠިލުކުރަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ހުޅުމާލެ ފުރަތަމަ ފިޔަވަހި / ފޮޓޯ:އެޗްޑީސީ

ހުޅުމާލެއިން ,ސޯޝަލް ހައުސިންއަށް ދީފައިވާ ޔުނިޓްތައް ބިދޭސީންނަށް ކުއްޔަށް ދީފައިވާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

Ads by MPL

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނެރެފައިވާ ޢިއުލާނެއްގައި ބުނީ، ސޯޝަލް ހައުސިންގެ ދަށުން ދެވިފައިވާ އެއްވެސް އެޕާޓްމަންޓެއް، ބިދޭސީއަކަށް ކުއްޔަށް ދީފައިވާ ނަމަ 3 ޖަނަވަރީ 2026ވަނަ ދުވަހުގެ ކުރިން އެ ތަންތަން ހުސްކުރުމަށް، އެ އެޕާޓްމަންޓުގެ ވެރިފަރާތްތަކަށް އަންގާކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތައް ޢަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، ޖަނަވަރީ 3ގެ ފަހުން ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާ ނަމަ އެ ކޯޕަރޭޝަންއާ އެކު ވެފައިވާ ފްލެޓް އެއްބަސްވުން އުވާލެވޭނެ ކަމަށެވެ.

ހަމަ އެހެންމެ، މިފަދަ ކަންކަމުގައި ޢާންމު ފަރާތްތަކުން އެ ކޯޕަރޭޝަންއަށް ދެމުންދާ އެއްބާރުލުން އެޗްޑީސީ ވަނީ ފާހަގަކޮށްފައެވެ.

Ads by Allied Insurance
  1. ޕަބްޖީ

    ތީ ވަރަށް ރަނގަޅުކަމެއް ސަރުކާރުން ކުރަމުންދާއި އަދި ކުރުމައް ނިންމާފައި ވުން އެއީ ވަރަށް
    މުހިއްމު ކަމެކެވެ. ވުމާއެކު ސަރުކާރަށް ޝުކުރު އަދާކުރަން

  2. އަލީ

    މިކަމުގަ ކޮންމެހެން ނުޖެހޭ ކުރީބައިގަ އަންގާ އިއުލާން ކުރާކަށްވެސް. ހަމަ ކުއްލި ރެއިޑެއް ޖަހާފަ އެގްރީމްންޓާއި ޚިލާފް ވާނަމަ ފިޔަވަޅު އަޅަށްވީ. ދިރިއުޅެން ދިނީމަ ނުޖެހޭނެ ކުއްޔަށް ދޭކަން. ޥަކި މާލެއެއްނޫން ކޮންމެ ރަށަކަސް މި ފިޔަވަޅު އަޅަންޖެހޭ.