ބޮލީވުޑް މުނިފޫހިފިލުވުން

ސުޝާންތުގެ ކައްކާ އަށް ވަޒީފާ ދިން ކަމަށް ބުނާ ވާހަކަތައް ފަރްހާން ދޮގުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިއަހަރު ޖޫން މަހުގެ 14 ވަނަ ދުވަހު އަމިއްލަ އަށް މަރުވި ބޮލީވުޑު ތަރި ސުޝާންތު ސިންގް ރާޖްޕޫތުގެ ގޭގައި މަސައްކަތްކުރާ ކައްކާ އަށް ވަޒީފާ އަށް ދިން ކަމަށް ބުނާ ހަބަރުތައް ބޮލީވުޑުގެ މަޝްހޫރު ތަރި ފަރްހާން އަޚްތަރް ދޮގުކޮށްފިއެވެ.

Ads by STELCO

އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ސުޝާންތުގެ ގޭގައި މަސައްކަތް ކުރަމުން އައި ކޭޝަވް ނަމަކަށް ކިޔާ ކައްކާ ފަރްހާންގެ ގޭގައި މިވަގުތު ވަޒީފާ އަދާކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މީގެ އިތުރު ނީރަޖް ނަމަކަށް ކިޔާ އިތުރު ނޯކަރެއް ވެސް ސާރާ އަލީ ޚާންގެ ގޭގައި ވަޒީފާ އަދާކުރަމުން އަންނަ ކަމަށާއި މި ދެމީހުންނަކީ ވެސް ސުޝާންތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ފަރްހާން ކުރި ޓްވީޓެއްގައި ބުނީ "ކޭޝަވް" ކިޔާ އެއްވެސް ނޯކަރެއް އޭނާގެ ނުހުންނަ ކަމަށެވެ. އަދި މިއީ އިތުރު ނޫހަކުން އަނެއްކާ ވެސް މަގުބޫލު ކަން ހޯދުމުގެ ގޮތުން ހަދާފައިވާ ދޮގެއް ކަމަށްވެސް ފަރްހާން ވަނީ ބުނެފައެވެ.

"އެހާ އަވަހަށް ކަންކަން ގަބޫލު ކުރުން ދޫކޮށްލަން ވެއްޖެއެއްނު، ޓީވީ އަށް އަރާ އަދި މީހަކު ހަޅޭ ލެވިޔަސް އެ ނުވާނެ ތެދަކަށް" ފަރްހާން ބުނެފައި ވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!