ޚަބަރު

މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީން ޑީޕޯޓްކޮށްލަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ބިދޭސީންތަކެއްގެ މެދުގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން ފުލުހުންގެ ހައްޔަރަށް ގެންދިޔަ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން ބުނީ އެ މާރާމާރީއާ ގުޅިގެން ޖުމްލަ ތިން މީހެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން އަލުން ދިވެހިރާއްޖެއަށް ނާދެވޭ ގޮތަށް ފޮނުވާލުމަށް ޓަކައި އިމިގްރޭޝަނާ ޙަވާލުކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ.

ހ.ވައިޖެހޭމަގުގައި ހިނގި މި މާރާމާރީ ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ރޭ 11:23ކަންހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީ ހިނގައިފައި ވަނީ ޖެލީ ޕިއްޒާގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައެވެ.