އާއިލާ ދެކުއްޖަކަށް ޔުނާން ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް!

ދިވެހި ފިލްމީތަރި މުޙައްމަދު ޔުނާން އޭނާގެ އާއިލާގެ ދެ ފިރިހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
"ދެން"އަށް ޔަގީން ވެފައިވާ ގޮތުގައި ޔުނާން އޭނަގެ ދައްތަ އާއި ބޭބެގެ (18 އަހަރު ނުފުރޭ) ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް އެކުދިން ބުނެފައިވާތީ އެއާއިލާއިން މިއަދު ހަވީރު ވަނީ ފުލުހަށް ޙާޟިރުވެ މައްސަލަ ހުށަހަޅާފައެވެ.
ޖެންޑާ މިނިސްޓްރީން ވިދާޅުވެފައި ވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިކަމާއި ގުޅޭގޮތުން ޔުނާން ގެ ފަރާތުން އަދި ވަކި ޖަވާބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ނަން ހާމަ ނުކުރުމަށް އެދި ޔުނާންގެ އާއިލާއާ ގުޅުން އޮންނަ މީހަކު "ދެން" އަށް މައުލޫމާތު ދެމުން ބުނީ މިއީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ފެންމަތި ވެގެން އުޅޭ ތުހުމަތެއް ކަމަށާއި ޔުނާން އާއި އޭނާގެ އަނބިމީހާ ވެސް އެފަދަ ކަމެއް ކުރާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
ރާވައިގެން މީހުން ބަދުނާމު ކުރުން ފެޝަނެއް ކަމަށް މިވަނީ