ލޮކްޑައުންތެރޭ ވިހާ ކުދިންނަށް ބޯނަސްއެއް ދެނީ
ލޮކްޑައުންގެ ތެރޭގައި ވިހާ ސިންގަޕޫރު ކުދިންނަށް ބޯނަސްއެއް ދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސިންގަޕޫރު ސަރުކާރުން މިގޮތަށް ނިންމާފައި މިވަނީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި މާލީ ގޮތުން ދަތިވެފައިވާ ހާލަތުގައި އާއިލާތަކަށް އެހީވުމުގެ ގޮތުންނެވެ.
ބޯނަސް ދޭން ނިންމާފައިވީ ނަމަވެސް ބޯނަސް ގެ ގޮތުގައި ދޭނެ އަދަދެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ބޯނަސްގެ އިތުރުން ވެސް ލޮކްޑައުންގައި ވިހާ ކުދިންނަށް އިތުރު އިނާޔަތްތަކެެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ސިންގަޕޫރަކީ ދުނިޔޭގައި ވެސް ކުދިން ވިހާ މިންވަރު މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އާބާދީ އިތުރުކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ފާއިތުވި އަހަރުތަކުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތި ލާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސިންގަޕޫރުގެ ގިނަ އަދަދެއްގެ އާއިލާއަކުން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދަރިން ހޯދުމުގެ ޕްލޭންތައް ފަސްކޮށްފައެވެ.
ސިންގަޕޫރާއި ހިލާފަށް އެގައުމުގެ އަވައްޓެއް އިންޑޮނޭޝިއާ އާއި ފިލިޕިންސް އަށް ވަނީ ލޮކްޑައުންގައި ވިހެއި މިންވަރު ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ.
ކުދިން ވިހާތަ އަޅެފަހެ
ދެންފަހެ ކުދިން ކުދިން ވިހަލަ ވިހަލަ އުޅެންވީ އެއްނުން ސިންގައްޕޫރް ކުދިން