ޚަބަރު

އަދީބު ގެއަށް ބަދަލު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެއަށް ބަދަލު ކޮށްފިއެވެ.

Ads by STELCO

އަދީބު 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލުނު 7 ދައުވާއަށް ވެސް އިއުތިރާފް ވުމުންނެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާގެ ތެރޭގައި ޚިޔާނާތުގައި ބައިވެރިވުމުގެ 2 ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަކާއި މަނީ ލޯންޑައިންގެ 2 ދައުވާ އަަކާއި އަދި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް ހިމެނެއެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކާއި ހަވާލާދީ އޮންލައިން ނޫސް "ވަގުތު" ގައި ބުނެފައިވަނީ އަދީބު ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ބަލި ހާލަތަށް ރިއާޔަތް ކޮށް ކަމަށެވެ. މީގެ އިތުރުން އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!