ސިޔާސީ

ގައުމުގެ މަސްލަހަތަށްޓަކައި ވެސް ޕީއެންސީގެ މަޖިލިސް މެންބަރުން އިސްތިއުފާ ދެއްވަންޖެހޭ: ރައީސް ނަޝީދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ދިވެހި ގައުމުގެ މަސްލަހަތަށްޓަކައި ވެސް ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ މަޖިލިސް މެންބަރުން، އެ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Allied

އައްޑޫ ސިޓީގައި "ބޮޑު ބަދަލު"ގެ ނަމުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާހަގަ ކުރެއްވީ ދާދި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަކީ އެ ނަތީޖާ ނުކުތީ މެންބަރުންގެ މަސައްކަތްތެރިކަން ކުޑަވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރެއްވި ނަމަވެސް، އަސްލު ސަބަބަކީ އެއީ ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސަރުކާރަށް އިންތިޚާބު ގެއްލުނީ ހަރުދަނާ ސިޔާސަތެއް ނެތުމާއި، ރައްޔިތުންނަށް އުންމީދީ ތަސައްވުރެއް ދައްކައިދެވިފައި ނުވުމުގެ ސަބަބުންނެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒުގެ ސިޔާސަތުތަކުގެ ފަހަތްޕުޅުގައި މަޖިލިސް މެންބަރުން ދެމިތިއްބަވައިފިނަމަ ކުރިމަތިލާންޖެހޭނެ ހިތްދަތި ނަތީޖާ ކައުންސިލް އިންތިޚާބުން ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން، ގައުމަށް ހެޔޮއެދޭ ކޮންމެ މެންބަރަކު ވެސް ލަސްނުކުރައްވައި ރައީސްއާ ދުރަށްޖެހިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ދޫކޮށްލެއްވުމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.

Ads by Allied Insurance
  1. ޞާލި

    ނަޝީދު ނޫނީ މިގައުގަ ތިބީ ސިކުނޑި އުނިމީހުންކަމުގައި ދުށުމަކީ ދެރަކަމެއް.

  2. ނަމަސްތޭ ދޯސްތު

    އެމީހަކަށް އެނގޭނީ އެލީހެއްގެ ދާއިރާގެ ވާހަކަ ކަމަށް ބުނަނީ ހަމަ ހެޔޮކޮއް މިމީހާއަކީ ރައްޔިތުން ވެރިކަން ދިނީމަ ބޮލުގަ އަތް އަޅައިގެން ދުވެފިލާ އިސްތިއުފާދިން މީހެއް.ދެން މިހާރުވެސް އައިސް ދައްކަނީ އަންޒަމާނުކަރާގެ ވާހަކަ.އާ ހުށަހެޅުމެއް ޒުވާން ތާޒާ ވިސްނުމެއް ގެންނާކަށް ނޭނގުނު މައުމޫން ބާލަން ޖެއްސި ސްޓަންޓް މިހާރު ބާވެއްޖެ

  3. ާއަޒު

    “ލޮލް”