ދުނިޔެ

ކުއްތާއެއް ނުވިހާން ވެގެން ގަދަހެދި ސަބަބު އެނގުމުން ޑޮކްޓަރުން ވެސް ހައިރާން ވެފައި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބަނޑުބޮޑު ކުއްތާއެއް ނުވިހުމުގެ ސަބަބުން ޖަނަވާރާއި ބެހޭ ޑޮކްޓަރުން އެ ކުއްތާގެ ބަނޑު ސްކޭން ކޮށް ބެލި ބެލުމުން އާޝޯޚުވެއްޖެއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދެމަފިރިން ބަލަމުން އަންނަ މި ކުއްތާގެ ބަނޑު ވަރަށް ވެސް ބޮޑެވެ. ދުޅަކަމުން ހީވަނީ ހަމަ ދެންމެ ދެންމެ ފަޅައިގެން ގޮސްދާނެހެންނެވެ. އެކަމާ މި ދެމަފިރިން ވެސް ވަރަށް ހާސްވެ ކަންބޮޑުވިއެވެ.

އިންޓަރނެޓުން ވެސް މިކަމާއި ބެހޭ މައުލޫމާތު ލިބޭތޯ މި ދެމަފިރިން ވަރަށް މަސައްކަތް ކުރިއެވެ. އިންޓަރނެޓުން ބެލި ބެލުމުން އެނގިގެން ދިޔައީ ކުއްތާ ވިހެއުމަށް ދެކޮޅު ހެދުމަކީ އާންމު ކަމެއްކަމެވެ. އެފަދަ ކަމެއް ދިމާވަނީ އެކުއްތާ އުޅޭ މާހައުލު އެ ކުއްތާ އާއި ނުބައްދަލު ވުމުން ކަމަށް އިންޓަރނެޓުގައި ވެއެވެ.

އެހެން ނަމަވެސް އުޅޭ މާހައުލު ވެސް ބަދަލު ކުރުމާއެކު އެއްވެސް ބަދަލެއް ނައެވެ. އެންމެ ފަހުން ޖަނަވާރުންގެ ޑޮކްޓަރަކަށް ދެއްކުމުން އެ ކުއްތާގެ ބަނޑު ވަނީ ސްކޭން ކޮށްގެން ބަލާފައެވެ. ވިހަން ބޭނުން ނުވާ ސަބަބު އެނގުމާއި ހިސާބުން ޑޮކްޓަރުން ވެސް އެކަމާ ހައިރާން ވިއެވެ.

ޑޮކްޓަރުން ބުނި ގޮތުގައި، އާންމު ގޮތެއްގައި ކުއްތާއެއް ބަނޑުބޮޑުވާ ފަހަރަކު ބަނޑުގައި އޮންނަނީ ގިނަވެގެން 6 ކުއްތާ ކަމަށެވެ. އެހެން ނަމަވެސް މި ކުއްތާގެ ބަނޑުގައި އޮތީ އޭގެ ދެގުނައެވެ. އާދޭހެވެ. 6 ގެ ބަދަލުގައި 12 ކުއްތާ މި ކުއްތާގެ ބަނޑުގައި އޮތް ކަމަށް ޑޮކްޓަރުން ވެސް ބުނީ ހައިރާން ކަމާއިއެކުއެވެ.

މިހެންވެ މިކުއްތާ ނުވިހަން އެހާ ގަދަހަދާ ސަބަބަކީ 12 ކުއްތާ ވިހެއުމުގެ ކުޅަދާނަކަން އެ ކުއްތާއަށް ލިބިފައި ނުވާތީއެވެ. އެހެން ނަމަވެސް ޖަނަވާރާއި ބެހޭ ޑޮކްޓަރުން ވަނީ މި ކުއްތާ އޮޕަރޭޝަން ކުރުމަށް ފަހު ވިއްސާފައެވެ. އަދި މިހާާރު މި ކުއްތާގެ ހާލު ރަނގަޅު ކަމަށާއި، މިފަދަ ހާދިސާއެއް މީގެ ކުރިން ހިނގާފައި ނުވާ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

Ads by Allied Insurance
  1. ދިރާސާ

    އިންސާނަކަށް ކުތްތާތަށް ބަލިވެ އިދެ ވިހާފަވެސް ހުރެދާނެ

    • ހިކިހިކި ކުއްޖާ

      އެހެންވިއްޔާ ދަރި އޮންނާނީ ކިހިނެއްބާ!!!!

  2. އީ-ބްރޯ

    ޑޮކްޓަރަށްވެސް ކުއްތާގެ ބަނޑުގަ ތިބި ޅަކުއްތާގެ އަދަދު އެނގުނީ ސްކޭން ކޮށް ބަައިގެން. ދެން ކިހިނެއްބާ ކުއްތާ އަށް އޭގެ ބަނޑުގަ 12 ކުއްތާ އޮތްކަން އެނގިގެން ނުވިހަން ގަދަދައްކަނީ؟ ޑަމީކޮށް ޑޮކަށް ގޮސް ސްކޭން އެއް ހަދާލީ ކަންނޭންގެ ދޯ؟