ދުނިޔެ

"ގޯކާޓް" އެއްގެ ފުރޮޅުގައި އިސްތަށިގަނޑު އޮޅިގެން ޒުވާން ކުއްޖަކު މަރުވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ އަވަށެއް ކަމަށްވާ ހައިދުރަބާދުގައި އިންޖިނިއަރިންގް ކިޔަވަމުން އައި އުމުރުން އެންމެ 20 އަހަރުގެ އަންހެން ކުއްޖެއް ކާރެއްގެ ފުރޮޅުގައި އިސްތަށިގަނޑު އޮޅިގެން މަރުވެއްޖެއެވެ.

Ads by WAMCO

މިއަންހެން ކުއްޖާގެ އިސްތަށިގަނޑު އޮޅިފައިވަނީ "ގޯ ކާޓު" ދުއްވަނި ކޮށެވެ.

ސްރިވަރްޝިނި ނަމަކަށް ކިޔާ މި އަންހެން ކުއްޖާ މި ކާރު ދުއްވުމަށް އޭނާ ރައްޓެހިންނާއިއެކު ގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ސްރިވަރްޝީ މިކާރު ދުއްވާފައިވަނީ ހެލްމެޓު އަޅައިގެން ނަމަވެސް އިސްތަށިގަނޑު ދިގު ކަމުން އިސްތަށިގަނޑު އެއްކޮށް ނިވާ ނުވާ ކަމަށް ވެސް އޭނާ ގެ ރައްޓެހިން ބުނެފައިވެއެވެ. އޭނާގެ ރައްޓެހިން ބުނި ގޮތުގައި، މަންޒަރު ވީޑިއޯ ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް ކަމެއް ގޯސްވެގެން އުޅުނު ހިސާބުން ވީޑިއޯކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ސްރިވަރްޝިނި ގެ ހަޅޭކުގެ އަޑަކީ ވަރަށް ވޭން ހުރި އަޑެއް ކަމަށް ވެސް އޭނަގެ ރައްޓެހިން ވަނީ ބުނެފައެވެ. އަދި ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވަނީސް ހޮސްޕިޓަލަށް ގެންދިޔަކަމަށް ވެސް އިންޑީއާގެ ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާގެ ބޮލަށް އެކި ވަރުގެ ގެއްލުންތައް ލިބުނު ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރުގައި އަދި އޭނާ މަރުނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެން ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއް ނުވަނީސް ސްރިވަރްޝީ މަރުވެއްޖެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!