ކޮވިޑް-19: ކުޅުދުއްފުށި ފާޅު ބޯޓުން ފައްސިވި އެންމެން ބަލިން ރަނގަޅުވެއްޖެ

ހދ. ކުޅުދުއްފުއްޓާއި މާލެ އާ ދެމެދު ދަތުރުކުރާ ފާޅު ބޯޓުން ފައްސިވި އެންމެން ބަލިން ރަނގަޅުވުމުން ދޫކޮށްލައިިފިއެވެ.
މި ކްލަސްޓާގައި ފާޅު ބޯޓްގެ ކެޕްޓަނުގެ އިތުރުން ދެ ފަޅުވެރިޔަކާއި ފަޅުވެރިޔެއްގެ އަންހެނުން ވަނީ ފައްސިވެފައެވެ.
މި މީހުން ފައްސިވުމާ ގުޅިގެން 51 މީހުން ކަރަންޓީނުކޮށް ސާމްޕަލް ނަގާފައިވާއިރު މި އެންމެންގެ ސާމްޕަލް ނައްސިވެ ވަނީ މިހާރު ކަރަންޓީނުން ދޫކޮށްލާފައެވެ. އެގޮތުން ސާމްޕަލް ނަގާފައިވަނީ ކުޅުދުއްފުށިން 46 ސާމްޕަލަކާއި ނޮޅިވަރަމުން 5 ސާމްޕަލެެވެ.