ވިޔަފާރި

ޓޫރިސްޓުންގެ 44 އިންސައްތަ މާލެ އަތޮޅުގަ، އެންމެ މަދުން ދަނީ ތ. އަތޮޅަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
އދ. ގައި ހިންގާ ކުޑަ ރަށް ރިސޯޓް

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ގިނަ ފަތުރުވެރިން ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ۔ އަދި އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ތ. އަތޮޅަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ، އިމިގްރޭޝަންގެ ހިސާބުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 921,115 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން އަތޮޅުތަކުގެ ރިސޯޓުތަކާއި ހޮޓާ އަދި ގެސްޓްހައުސްތަކަށް 899,852 ފަތުރުވެރިން ގޮސްފައިވެއެވެ.

އެންމެ ކުރީގައި އުޅޭ އަތޮޅުތައް

ކ އަތޮޅު - 408,930 ފަތުރުވެރިންނާ އެކު މާކެޓުގެ 44.4 %
އަރިއަތޮޅު ދެކުނުބުރި (އދ.) - 79,708 ފަތުރުވެރިންނާ އެކު 8.7 %
ރ. އަތޮޅު - 71,113 ފަތުރުވެރިންނާ އެކު 7.7 %
އަރިއަތޮޅު އުތުރުބުރި (އއ.) - 68,945 ފަތުރުވެރިންނާ އެކު 7.5 %
ބާ އަތޮޅު - 51,443 ފަތުރުވެރިންނާ އެކު 5.6 %

ޓޫރިސްޓުން އެންމެ މަދުން ގޮސްފައިވާ ތ. އަތޮޅަށް 1,600 ފަތުރުވެރިން (0.2 އިންސައްތަ ހިއްސާ)އެއް މިހާރު ކުރެއެވެ. އަދި ފ. އަތޮޅަށް 2,611 ފަތުރުވެރިން (0.3 އިންސައްތަ ހިއްސާ)އެއް ކުރާއިރު، ހއ. އަތޮޅުގެ ހިއްސާ އުޅެނީ 2,618 ފަތުރުވެރިން (0.3 އިންސައްތަ ހިއްސާ)ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!