ސިއްޙަތު

ގާތުން ކިރުދޭ ދުވަސްވަރު ހަކުރު އެކުލެވޭ މިފަދަ ބުއިންތައް ބޯނަމަ، ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަަސަރުކުރޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދަރިފުޅުގެ އެންމެ ތުއްތު ދުވަސްވަރުގައި މައިމީހާ ކާ އެއްޗެހީގެ ސަބަބުން ދަރިފުޅުގެ ހެދިބޮޑުވުމަށް އަސަރު ކުރެއެވެ. ދާދި ފަހަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގިނަ އަދަދަކަށް ހަކުުރު އެކުލެވޭ ބުއިންތައް ބޯނަަމަ، ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

Ads by Sosun Fihaara

މިދިރާސާއިން ދައްކާ ގޮތުގައި، ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބުއިންތައް ބޭނުން ކުރާ ނަމަ ބަރުދަން އިތުރުވުމާއި، ހަކުރުބަލީގެ ޝިކާރައަކަށްވުން އަދި ހިތުގެ ބަލިތަކުގެ ޝިކާރައަކަށްވުމަށް ވެސް މަގުފަހި ވެއެވެ. ގާތުން ކިރުދޭ ދުވަސްވަރު، މައިމީހާ މިފަދަ ބުއިންތައް ބޯނަމަ، ދަރިފުޅަށް ވެސް ނޭދެވޭ އަސަރުތައް ކުރެއެވެ. މި އަސަރުތައް ދަރިފުޅަށް ގާތުން ކިރުދިނުން ހުއްޓާލި ނަމަވެސް ކުރާނެ ކަމަށް މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

ހަމަ އެހެންމެ ދަރިފުޅު ހެދިބޮޑުވަމުން އަންނަ ދުވަސްވަރުގައި، ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމާއި ދަރިފުޅުގެ ތޫނުފިލިކަމަށް ވެސް މިކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ. އެހެންކަމުން، ގާތުން ކިރުދޭ ދުވަސްވަރު ހަކުރު ގިނަ އަދަދަކަށް އެކުލެވޭ ބުއިންތައް ބޯނަމަ، ދަރިފުޅުގެ ސްކޫލް ދައުރުގައި ލިބޭ ނަތީޖާވެސް ދަށްވާ ކަމަށް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

ސިއްހީ މާހިރުންނާއި ތަޖުރިބާކާރު ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، މިފަދަ ބުއިންތަކުން ދުރުހެލިވެއްޖެ ނަމަ މައިމީހާއަށްވެސް އަދި ދަރިފުޅަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ. އެހެންކަމުން، ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބުއިންތަކުން ގާތުން ކިރުދޭ ދުވަސްވަރު ރައްކާތެރިވެ ތިބުމަކީ އެދެވިގެންވާ ކަމެކެވެ.

އެނާޖީ ޑްރިންކް ފަދަ ތަކެއްޗަކީ ވެސް އޭގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބުއިންތަކެވެ. އެހެންކަމުން އެފަދަ ބުއިންތަކުން ގާތުން ކިރުދޭ ދުވަސްވަރު ދުރުހެލިވުން މުހިއްމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!