ދިވެހިން މަރާފައި ވިޔަސް އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފިދާނެ: މިނިސްޓަރ ފައްޔާޒް
އަވަށްޓެރި އިންޑިއާއިން ރާއްޖެ ހިފަން ބޭނުންނަމަ، ދިވެހިން މަރާފައި ވިޔަސް އެކަން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ އަޑުން ރޭގައި ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން އެހިންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފައި، އެގައުމުގެ އަތްދަށަށް ރާއްޖެ ގެންދަން ބޭނުންވާ ނަމަ މިހާރު ވެސް އެކަން އޮންނާނީ ކޮށްފައި ކަމަށާއި އެކަމުގައި ރާއްޖެއަށް "ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށެވެ.
އޭގެ މާނައަކީ ރާއްޖޭ ސިފައިން ބަލިކަށިވުމެއް ނޫން ކަމަށާއި ނަަމަވެސް އިންޑިއާ އަކީ ބާރުގަދަ ޤައުމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
"ސިފައިން މަސައްކަތް ނުކުރާ ވާހަކައެއް ނޫން. ސިފައިނަށް ވުރެ މާ ބާރުގަދަ ގައުމެކޭ އަޅުގަނޑު މި ދަންނަވަނީ އެއީ. އަޅުގަނޑުމެން އެންމެން މަރާފައި ވެސް އެމީހުން ބޭނުމިއްޔާ ކުރާނެ (ރާއްޖެ ހިފާނެ). އަދި އެ މީހުން އެކަންޏެއް ނޫން، އެއަށްވުރެ ކުދި ކުދި ގައުމުތަކުން ވެސް" ހާރިޖީ ސިޔާތުގައި އެންމެ ގައުމަކަށް ބަރޯސާވުމަކީ އެންމެ ފައިދާ ހުރި ގޮތްތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ އެއްވެސް ގައުމަކީ އެގައުމެއްގެ އަމިއްލަ ހައިސިއްޔަތު ވަކިވެގަނެގެން ހިންގޭނެ ގައުމެއް ނޫން ކަމަށާއި އެއީ އެމެރިކާ، ރަޝިއާ އަދި ޗައިނާ ފަދަ ބާރުގަދަ ގައުމުތަކުން ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ހިތަދަތި އެހެނަސް މިއީ ހަގީގަތެއް… ޢިންޑިޔާ އެކަންޏެއް ނޫން.. ޙަމަ ކޮންމެ ގައުމެއްވެސް… އެކަން އެގޮތަށް ނުވެ މިއޮންނަނީ ކޮންމެ ގައުމަކާ ދެމެދު އޮންނަ ގުޅުމުގެ ވަރުގަދަ ކަމުންނޭ ވެސް ބުނެވިދާނެ… ޢެކަލާނގެ ހަޒްރަތުން ރަހުމަތްވެސް ހަމަ ބޮޑު… ޢަސްކަރީ ގޮތުން އެހެން ގައުމުތަކަށް ބަރޯސާ ވުން ކުޑަކުރަން ޖެހޭ
ޙ
އިންޑިޔާ ރާއްޖެ ހިފާތަން ބަލަން ދެން ތިބި ގައުމު ތަކުން ނުތިބޭނެ އެހެންވެ އެމީހުންނަށް ރާއްޖެ ނުހިފެނީ އެކަމު ރާއްޖޭއިން ކަން އެކުރަނީ ރާއްޖެ ނުހިފާ މި ރާއްޖޭ ފައިދާ ނަގަނީ ރަނގަޅު ނިޔަތެއް އޮވެގެން އުލޭނަމަ މިތާ އިންޑިޔާ ސިފައިން ނުބެހެޓީސް
މާރިޔާ އާއި ފައްޔާޒް އަށް ދަންނަވަން އޮތީ އިންޑިއާ ތިޔަބޭފުޅުންގެ ބޯ ކައިލިޔަސް މި ޤައުމުދެކެ ލޯބިވާ އެތައްބައެއް އެބަތިއްބޭ އެމީހުންގެ ބޮލެއް ކަޔެއް ނުލެވޭނެ.
ނުހިފޭނެ ނިކަން ބޭނުންވެބަލަ