ސިއްޙަތު

ރުހުމުގައި ކޮވިޑް-19 ޖެހެން 38000 މީހަކު އެއްބަސްވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

2020 ވަނަ އަހަރު ދުނިޔޭގެ އެންމެ ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކަ އަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ވާހަކަ ކަން ޔަގީނެވެ. އަދި ކޮވިޑް-19 ނުޖެހި، އެއިން ރައްކާތެރިވުމަށް އެކި ފިޔަވަޅުތައް ދުނިޔޭގެ އެތައް މިލިއަން މީހުންނެއް އަންނަނީ ކުރަމުންނެވެ.

Ads by Sosun Fihaara

ގަސްތުގައި ކޮވިޑް19 ޖެހެން ބޭނުންވާ މީހެއް ހުރިއޭ މީހަކު ބުނެފި ނަމަ އެކަން ގަބޫލު ވެސް ނުކުރެވިދާނެއެވެ. ނަމަވެސް ދުނިޔޭގައި ކޮވިޑް-19 ޖެހެން ބޭނުންވާ އެތައް ހާސް މީހުންނެއް އެބަ ތިއްބެވެ.

ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންއެއްގެ ތަހުލީލުތައް ކުރުމަށް "ކޮވިޑް-19 ހިއުމަން ޗެލެންޖް ޓްރަޔަލްސް" ގައި ވަނީ 38،000 މީހުން ބައިވެރިވެފައެވެ. މިއީ ކޮވިޑަށް އުފައްދަމުން އަންނަ ވެކްސިން ޓެސްޓު ކުރުމަށް ވެކްސިން ޖެހުމަށްފަހު، ވެކްސިންގެ ބާރު ޓެސްޓު ކުރުމުގެ ގޮތުން ގަސްތުގައި ކޮވިޑް-19 އާ ކޮންޓެކްޓު ވާން ޖެހޭ ފަދަ ތަހުލީލެކެވެ.

އިނގިރޭސިވިލާތުގެ 1 ޑޭ ސޫނާ ގުރޫޕުން ކުރާ މި ތަހުލީލު ފަށާ ދުވަހެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ ގުރޫޕުގެ ވެބްސައިޓުގައި ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިހާތަނަށް 166 ގައުމަކުން 38000 މީހުން ވަނީ ބައިވެރިވެފައެވެ.

ހިއުމަން ޗެލެންޖް ޓްރަޔަލްސް ގެ ޒަރީއާއިން މީގެ ކުރިން ވެސް އެތައް ވެކްސިން އަކާއި ބޭހެއް ވަނީ ޓެސްޓުކޮށްފައެވެ. އެގޮތުން އިންފްލޫއެންޒާ، މެލޭރިއާ، ޓައިފޮއިޑް، އަދި ކޮލެރާ ފަދަ ބަލިތައް ހިމެނެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!