ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން މަސްތުވާތަކެއްޗާ އެކު ޒުވާނަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހިން މަސްތުވާތަކެއްޗާ އެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ފީއަލި / ޝަބްނަމީގެ، ޝިޢާން އަޙްމަދު (20އ) ކަމަށެވެ.

ރޭ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ޝިޢާން އަޙްމަދުއަށް ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލާ ފިލަން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމް ހުންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

  1. މިއަދު ކަސްޓަމުން ޗެކުކުރި ސުންބާގޮންގެ ކޮއްކޮއާ ގުޅުންހުރި މީހެއްބާމީ. ސުންޕާގޮން އެވަރު އަރުވާލީ އޭނަގެ ހަކުރުބޯ ކޮއްކޮ ޗެކުކޮށްގެން

  2. ލައްޓި

    ޓިބައިގަޑާހުރެ މިހާރު ހުޚުމާލެ ފޭސް 2 ގަ އުޅެން ކެރޭވަރެއްނޫން ކުރީގަ ހަދާހެން 1 ދޮރުންވައްދާފަ އަނެއްދޮރުން ދޫކޮއްލީމަ ކަމަކުނުދޭ އެމީހުންވީ ވަކިން ފަޅުރަށެއްގަ ބައިތިއްބަން މިހާރު އެކަންތައް އިންތިހާއައްބޮޑުވެއްޖެ ފޭސް1 ގަވެސް އެވަރައްއެބައޮތް އޭގެމީހުން މަގެއްގަހިގެންނޯވޭ އޭގެމީހުންނާހުރެ އަހަރެންގެ ހިތައްއަރާ އެމީހުން ﷲއައްބިރުވެތިނުވަނީބާވައޭ ގިޔާމަތްދުވަހައް ބިރުވެތިނުވަނީބާވައޭ