މި އަންހެން މީހާ ބޭނުންވަނީ އަދިވެސް އިތުރަށް ކޯ ބޮޑު ކުރަން

ގިނަ މީހުންނަކީ ކޯ ބޮޑު ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވާ މީހުންނެވެ. އަބަދުވެސް އެ ކޮލުގައި ހިފާލަން ބޭނުންވެފައިވާ މީީހުންނެވެ. އެހެންނަމަވެސް ބޮޑުވާ ވަރަކަށް ކޯބޮޑުކޮށް ހުރުމަކީ އާންމު ގޮތެއްގައި ގިނަ މީހުން ވަރަށް ބޭނުންނުވާ ސިފައެކެވެ. އެހެންނަމަވެސް މިމީހާއަކީ ކޯ ބޮޑު ކުރުމަށް އެތައް ފަހަރެއްގެ މަތިން އިންޖެކްޝަން ޖަހާފައިވާ އަންހެނެކެވެ.
އިންސްޓަގްރާމްގެ މޮޑެލެއްކަމުގައިވާ މިއަންހެން މީހާގެ ކޮލަކީ އުފެދުމުގައި އެހާ ބޮޑު ކޮލެއް ނޫނެވެ. އެހެންނަމަވެސް ބޭރުގެ ޚަބަރުތައް ބުނާގޮތުގައި މި މީހާގެ ކޯ ބޮޑުކުރުމަށް ކުރާ އެ އޮޕަރޭޝަނަށް ވެސް 2000 ޑޮލަރު މިހާތަނަށް ހޭދަކޮށްފައިވެއެވެ.
ބަލާބެލުމަށް ފާހަގަވަނީ ކޮލެވެ. އެހެންނަމަވެސް މިމީހާގެ ތުންފަތާއި އަދި ދަތްދޮޅި ވެސް ވަނީ ހަމަ މިފަދަ އޮޕަރޭޝަނެއް ކޮށްގެން ބޮޑުކޮށްފައެވެ. އަދި މިހާރު އެ ހުރިވަރަކީ އޭނާ ބޭނުންވާ ވަރަށް ވުރެވެސް ކުޑަވަރެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދިވެސް އިތުރަށް މިއަށްވުރެ ބޮޑު ކުރަން މަސައްކަތް ކުރާނެ ކަމަށް މީނާ ބުނެފައި ވެއެވެ.

ވަރަށް ގިނަ މީހުންގެ ނޭދެވޭ ފާޑުކިޔުންތައް އަންނަކަމަށް ފާހަގަކޮށް މި އަންހެން މީހާ ބުނެފަައިވަނީ، މިއީ އަބަދުވެސް އޭނާ އަމިއްލައަށް ހުންނަން ބޭނުންވި ގޮތްކަމަށާއި، މީހުންގެ ފާޑުކިޔުންތައް ކޮންމެ ގޮތަކަށް އައިކަމުގައިވީ ނަމަވެސް އެފަދަ ފާޑުކިޔުންތަކާއި ދޭތެރޭ މާބޮޑަށް ނުވިސްނާ ކަމަށެވެ. އަދި ބަދަލުގައި އެމީހުން އެކިޔާ ފާޑުކިޔުންތައް ފެނިފައި ވަރަށް ހިނި އަންނަ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އެކި ދުވަސް ތަކުގެ މަތިން އިންޖެކްޓު ކުރަންޖެހޭ ކަމަށްބުނެ މީނާ ބުނެފައިވަނީ ކުރިން ޑޮކްޓަރުން ގާތުން ޖެހި ނަމަވެސް މިހާރު އޮންލައިން ކުލާހެއް މެދުވެރިކޮށް އަމިއްލައަށް އެ އިންޖެކްޝަންތައް ޖެހުމަށް ދަސްކުރަމުން ދާކަމަށެވެ. އަދި ކުރިން އަމިއްލަ މީހާ ހީވާނީ ހިކަންޖެއްހެން ކަމަށާއި ނަމަވެސް މިހާރު ކޮލާއި ތުންފަތް ބޮޑުވުމުގެ ސަބަބުން އެ އައިބުކަންވެސް ފިލައިފި ކަމަށް އޭނާ ބުނެފައި ވެއެވެ.