ޚަބަރު

ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ހިލޭ ލިބޭނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ވެކްސިން އެއް ލިބުމާއެކު، ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ދެވޭ ވަރަށް ހިލޭ ވެކްސިން ލިބިގެންދާނެ ކަމުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

Ads by MWSC

ބުދަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ  ވިދާޅުވީ ވެކްސިން ލިބޭނެ މާކެޓް ރޭޓެއް އަދި މިހާތަނަށް އެނގިފައިނުވާ ކަމަށެވެ. އަދި ރާއްޖެއިން ވެކްސިން ގަންނާނެ  ވަކި އަދަދެއް ނުވަތަ ވެކްސިން އަށް ކުރާނެ ހޭދައެެއް ވެސް އަދި މިހާތަނަށް ކަނޑައަޅާފައިނުވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގެ މުޅި އާބާދީއަށް އެއްކޮށް ކޮވިޑް ވެކްސިން ދިނުމަކީ އެކަމަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ އެކަން ވެގެންދާނީ ވަރަށް ބުރަ ކަމަކަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުނަށް ޖެހޭ ވަރަށް ވެކްސިން ހިލޭ ލިބޭނެ ކަމަށާއި އެ އަދަދަށް ވެކްސިން ހަރަދު ކުރަން ނުޖެހޭނެކަމުގައި ވެސް ނަޒްލާ ވިދާޅުވިއެވެ.

"އަދި ރާއްޖެއަކީ އެ ބޭފުޅުން ކެޓަގަރިޒް ކުރައްވާ ގޮތުގައި އެޑްވާންސް މާކެޓް ކޮމިޓްމަންޓް ގުރޫޕްގެ ތެރޭގައި ހިމެނޭ ބައެއް، ނޫނީ އޭއެމްސީ ކަންޓްރީއެއް. އޭގެ މާނައަކީ ރާއްޖޭގެ ދިރިއުޅޭ އާބާދީގެ 20 ޕަސެންޓް މީހުންނަށް ހިލޭ ޑޯނާ ފަންޑްސްގައި ހިލޭ ވެކްސިން ލިބޭނޭ." ނަޒްލާ ވިދާޅުވިއެވެ.

 

  1. ބަކުރުބެ

    ނަޒުލާގެ ފުރެންޑް ބަންގާޅީންނަށް ތިޔަ 20 ޕަސެނޓްދީ ނިންމާ ދިވެހިރައްޔިތަކަށް ތީން އެކަށްޗެއްވެސް ލިބޭނެގޮތް ނުހަދާތި!

  2. ގަމު މީހާ

    ހިލޭ ވަކި ބަޔަކަށް ލިބޭ ކަމުވަނީ ނަމަ ވެކްސިން ޖަހަން ބޭނުމެއްނޫން..