އަހަރެއް ވަންދެން ފާޚާނާ ތެރޭގައި ބަންދު ކޮށްފައިހުރި އަންހެނަކު ސަލާމަތް ކޮށްފި

އަހަރެއް ވަންދެން ފާހާނާގައި ބަންދުކޮށްފައި ހުރި އަންހެނަކު ސަލާމަތް ކޮށްފިއެވެ. އިންޑިއާގެ އަވަށެއް ކަމަށްވާ "ހަރިޔާނާ" ގައި ދިރިއުޅެމުން އައި މި އަންހެން މީހާ ބަންދު ކޮށްފައި ވަނީ އޭނަގެ ފިރިމީހާކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ. މި އަންހެން މީހާ ސަލާމަތް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

"ސްޓޭޓް ޑިޕާޓްމަންޓް ފޯ ވިމަން ޕްރޮޓެކްޝަން" އިން މިދިޔަ ބުދަ ދުވަހު އިންޑިއާގެ ހަރިޔާނާގައި މި އަންހެން މީހާ ބަންދުކޮށް ގެ ވަނީ ބަލާފައެވެ. އިންޑިއާގެ ޕްރޮޓެކްޝަން އެންޑް ޗައިލްޑް މެރިއޭޖް އޮފިސަރެއްކަމަށްވާ ރަޖްނީ ގުޕްތާ ބުނެފައިވާ ގޮތުގައި، އެގޭގައި އަންހެނަކު ފާހާނާގައި ބަންދުކޮށްގެން ގެންގުޅޭކަމުގެ މައުލޫމާތު ލިބެމުން ދިޔަ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ހުއްދައާއި އެކު އެގެ ބަލާ ފާސް ކުރި ކުރުމުގައި އެ އަންހެން މީހާ ހަގީގަތުގައިވެސް ފާހާނާގައި ބަންދު ކޮށްފައި ހުރިކަމަށެވެ.
އަދި މި މައްސަލަ މިހާރު އިންޑިއާގެ ފުލުހުން ބަލަމުންދާއިރު، މިއަންހެން މީހާގެ ފިރިމީހާ ގާތުގައި އެހެން ހެދީ ކީއްވެތޯ ކުރި ސުވާލަށް ދިން ޖަވާބުވެސް ވަނީ މީޑިއާ ތަކަށް ހިއްސާ ކޮށްފައެވެ. އޭނާ އެހެން ހެދި ސަބަބަކަށް ބުނެފައިވަނީ، އެ އަންހެން މީހާއަކީ މޮޔަ މީހެއްކަމަށާއި ބޭރުގައި މަޑުކުރަން ބުނުމުން ބޭރަށް ނުދިޔުމުގެ ސަބަބުން ފާހަނާއަށް ލާ ބަންދު ކުރީ ކަމަށެވެ. އެހެންނަމަވެސް ރަޖްނީ ގުޕްތާ މިކަން ދޮގުކޮށް ބުނެފައިވަނީ އެ އަންހެން މީހާއަކީ މޮޔަ މީހެއް ނޫންކަމަށާއި އޭގެ ހަގީގަތް އެނގޭނީ ޑޮކްޓަރުންގެ އެހީއާއި އެކުކަމަށެވެ.

އެެއް އަހަރު ފަހުން މި އަންހެން މީހާ ނެރުނު އިރުގައި ރަނގަޅަށް ނުވެސް ހިނގޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެތައް ދުވަހެއް ވަންދެން ކާއެއްޗެއް ނުކެއުމުގެ ސަބަބުން ވަރަށް ބޮޑަށް ހަށިގަނޑު ވަރުދެރަވެ ހިކިފައިވާ ކަމަށް ވެސް ބޭރުގެ މީޑިއާ ތަކުން ބުނެއެވެ. މިއަންހެން މީހާ މިހާރު ވަނީ ސިއްހީ ފަރުވާ ދިނުމަށްޓަކައި އިންޑިއާގެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މިމީހާ ފާހާނާގައި ބަންދު ކުރި މައްސަލަ ވަރަށް ހަރުކަށި ގޮތަކަށް ބެލިގެންދާނެ ކަމަށްވެސް އިންޑިއާގެ ފުލުހުން ވަނީ ބުނެފައެވެ.