ދުނިޔެ

ދަރިފުޅުގެ ގައިގައި ވަކިތަކެއް ހުރުމުން ދިމާވާ ކަމެއް ބަލަން ހަރުކުރީ ކެމެރާއެއް، ފެނުނު މަންޒަރުން ހީބިހި ނަގައިގެންދޭ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މި ހާދިސާއަކީ އިނގިރޭސި ވިލާތުގައި ވަރަށް ލޯބިން އުޅެމުން އައި ކުޑަ އާއިލާއަކަށް ދިމާވި ހާދިސާއެކެވެ. ހަގީގަތުގައިވެސް ވަރަށް ބިރުވެރިއެވެ. ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. މި ދެމަފިރިންގެ އެއް އަހަރުގެ ލޯބި ލޯބި އަންހެން ދަރިއެއް ވެސް ހުރެއެވެ.

Ads by Sosun Fihaara

ކޮންމެ ދުވަހެއްގައިވެސް ދަރިފުޅު ނިދާ ހޭލުމުން މޫނުމަތީގައި ވަކިތަކެއް ހުންނަކަން އެކުއްޖާގެ މަންމައަށް ފާހަގަވިއެވެ. އެހެންނަމަވެސް އެއުމުރުގެ ކުދިން އާންމުގޮތެއްގައި ނިދީގައި އެގޮތަށް މޫނުމަތީގައި ވަކިއެޅުމަކީ އާންމުކަމެއްކަމުން އެކަމަށް އެހާ ބޮޑަށް ސަމާލުކަމެއް ނުދެއެވެ. ދެތިންރޭ މިފަދައިން ކަންތައް ދިމާވާތީ ދަރިފުޅުގެ އަތުގައި އަންގި ލެއްވުމަށް ފަހު ނިންދެވުމަށް ނިންމިއެވެ. އެހެންނަމަވެސް އެ ވަކިތަކަށް އެއްވެސް ވަރެއްގެ ލުއި ކަމެއްނެތި ވަކިތައް ދުވަހެއް ދުވަހަކަށް ދިޔައީ ގިނަވަމުންނެވެ.

ކުއްޖާގެ މައިންބަފައިން މިކަމާ ކަންބޮޑުވެ ހާސްވާ ވަރުވިއެވެ. ދަންވަރު ގަޑީގައި ގެތެރެއިން ފިޔަވަޅުގެ އަޑުވެސް އިވޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހެން ކަންތައް ދާން ފެށިތާ މާގިނަ ދުވަސް ތަކެއް ނުވެ އެއްދުވަހު ކުއްޖާގެ ބައްޕަ އޮފީހަށް ދިއުމަށް ހޭލިވަގުތު މީހަކު ކަރުގައި ހިފާފައި ހުރިހެން ހީވެގެން ތެޅިފޮޅުނެެވެ. އެހިސާބުން އެގޭގައި އާދަޔާ ޚިލާފު ކަންތައްތަކެއް ވާކަން ދެމަފިރިންނަށްވެސް ޔަގީންވިއެވެ.

މިކަމުގެ އަޑީގައި ވަނީ ކާކުކަމާއި، މިކަން އެކުރަނީ ކީއްވެކަން އަދި ކިހިނެއްކަން ބެލުމަށް މި ދެމަފިރިންވެސް ބޭނުންވިއެވެ. ވަގުތުން ކެމެރާއެއް ގެނެސް ދަރިފުޅު ނިދާ ކޮޓަރީގައި ހަރުކޮށްފިއެވެ. ސަބަބަކީ މީހެއްގެ ފިޔަވަޅުގެ އަޑު އިވެނީ ދަރިފުޅު ނިންދަވާފައި އޮންނަ ކޮޓަރިން ކަމަށްވާތީއެވެ. ކެމެރާ ހަރުކުރި ދުވަސް ނޫން ޖެހިގެން އައި ދުވަހުވެސް ދަރިފުޅުގެ މޫނުގައި ފާހަގަވާވަރަަށް ވަކިދަމާފައި ހުރުމުން ދެމަފިރިންވެސް އެ ވީޑިއޯ ބެލުމަށް އަވަސްވެގަތެވެ.

ވިޑިއޯ ބަލަމުން ދިޔަ ވަގުތު ދެމަފިރިންގެ ގައިންވެސް ހީބިހި ނަގައިގެން ދިޔަކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ކެމެރާއަށް އަރާފައި އެވަނީ މޫނުމަތި ފުސްކޮށް ހުންނަ ބޮޑު ފިރިހެނެކެވެ. ދަރިފުޅު ގާތަށް ގޮސް ހުއްޓޭ ހިސާބުން ދަރިފުޅުވެސް ތެދުވެ ހޯދާމަންޒަރު ފެނެއެވެ. އަދި ވީޑިއޯ ބެލި ބެލުމުގައި ދަރިފުޅުގެ ބައްޕަ ގޭތެރޭގައި ނިދީގައި ހިނގާކަން ވެސް އެނގިފަވެއެވެ. ކުއްލިއަކަށް ކެމެރާއަށް އެމީހާ ގެއްލެނީއެވެ. ވަގުތުން ދަރިފުޅާއި އަނބިމީހާ ގޮވައިގެން ދިޔައީ މަންމަ ގެއަށެވެ.

ފުލުހުންނަށް ގުޅައިގެން އެގޭތެރެ ވަނީ ބަލާ ފާސްވެސް ކޮށްފައެވެ. އަދި ޖިންނި ޝައިތޯނީ ކަންކަން ދިރާސާ ކުރާ މީހަކުވެސް ވަނީ އެގެއަށް ގޮސް ބަލާފައެވެ. އެ ގެ ބެލިބެލުމުގައި އެގެއިން އަޑު އަޑު އިވޭކަމަށް ވެއެވެ. އަދި އެއީ ހަމަ ގައިމުވެސް އިންސާނެއް ކުރަމުން ދާ އުނދަގުލެއް ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް ބުނެފައިވާ ވެއެވެ. މިހާރު އެ ދެމަފިރިންވެސް އެގެއިން ނުކުމެ އެހެން ގެއަކަށް ބަދަލު ވެވެންދެން ދިރިއުޅެމުން އަންނަނީ ދަރިފުޅުގެ ބައްޕަ ފަރާތު މާމަމެންނާއި އެކުއެވެ.

  1. ސާޖިދު

    ކޮބާ ވީޑިޔޯ…………….

  2. ޙީނާ

    މިދެން މީހަކު ލިޔާވަރު ކަމެއް….ރާއްޖޭގަ ތިކަހަލަ ކިތައްމެ ހާދިސާއެއް އެބަ ހިގާ…ސާފްކޮށް މައުލޫތު އެއްކޮފަ ޖަހާބަލަ

    • ުެހުސް

      ދެން ކައޭ ލިޔާ ވަރުގެ އެއްޗެއ ލިޔަނ ވީނު

      • މަ ކިޔައިފިން

        ހާދަ ހީވެޔޭ މިލިޔުނު މީހާގެ ކޮމެންޓެެއްހެން.. ހަމަ ކަޑަ